Monday, October 12
އައު ޓަރމިނަލް ހުޅުވުމަށް ހުޅުލޭގެ އުތުރު ނެރު ވަގުތީ ގޮތުން ބަންދުކޮށްފި

ވީއައިއޭގެ އައު ޓަރމިނަލް - ފޮޓޯ: ވީއައިއޭ

ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ގެ އައު ޓަރމިނަލް ހުޅުވުމުގެ ރަސްމިއްޔާތަށް ހުޅުލޭގެ އުތުރު ނެރު ވަގުތީ ގޮތުން ބަންދުކޮށްފިއެވެ.

އެމްއޭސީއެލް އިން ބުނީ ވީއައިއޭގެ އައު ޓަރމިނަލް ހުޅުވުމުގެ ތައްޔާރީތަކާ ގުޅިގެން މިއަދު ހެނދުނު 5:30 އިން އިރުއޮއްސި 7:00 އަށް، ހުޅުލޭގެ ފަޅަށް ވަދެ ނިކުތުމަށް ބޭނުންކުރާ އުތުރު ނެރު ބަންދުކުރެވޭނެ ކަމަށެވެ.

މީގެ އިތުރުން އެ ކުންފުނިން ބުނީ މި ވަގުތުގައި ހުޅުލެއަށް ވަނުމަށް ދެކުނު ނެރު އަދި ފަޅުން ނިކުތުމަށް މެދުގައިވާ ނެރު ބޭނުންކުރެވޭނެ ކަމަށެވެ.

މިކަމުގެ ސަބަބުން ދިމާވެދާނެ ދަތިތަކަށް އެމްއޭސީއެލް އިން ވަނީ މަޢާފަށް އެދިފައެވެ.

ވީއައިއޭގެ އައު ޕެސެންޖަރ ޓަރމިނަލް މިރޭ ހުޅުވުމަށް ހަމަޖެހިފައިވާއިރު، މި މުނާސަބަތާ ގުޅިގެން މާލޭގެ ވަށައިގެން މިރޭ ހަވާ އެރުވުމަށްވެސް ވަނީ ހަމަޖެހިފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު