އާދިއްތަ, November 15
ކެނދިކުޅުދޫން ދަނޑުވެރިކަން ކުރުމަށް 35 އަހަރަށް ބިން ދޫކުރަނީ
ނ. ކެނދިކުޅުދޫ، ކުޅުދޫ އަވަށުން ދަނޑުވެރިކަން ކުރުމަށް 35 އަހަރަށް ބިންދޫކުރުމަށް ހުޅުވާލައިފިއެވެ. ކެނދިކުޅުދޫ ކައުންސިލްގެ އިދާރާއިން ކުރި އިޢުލާނެއްގައި ބުނެފައިވަނީ ދޫކުރުމަށް ހަމަޖެހިފައިވަނީ ކުޅުދޫ އަވަށުން ދިގު މުއްދަތަށް ދޫކޮށްފައިވާ ދަނޑުބިމުގެ އުތުރުން 3،000 އަކަފޫޓުގެ ހަތް ބިމާއި، 5،000 އަކަފޫޓުގެ 2 ބިން ކަމަށެވެ. ކައުންސިލުން ވަނީ މި ސަރަހައްދު އަންގައިދޭ ޗާޓުވެސް ޝާއިޢުކޮށްފައެވެ.

މީގެ އިތުރުން ކައުންސިލުން ބުނީ މި މަސައްކަތަށް ކުރިމަތިލެވޭނީ އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނުގެ ދަށުން ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށާއި ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނުގެ ދަށުން ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކާއި، ޖަމްޢިއްޔާތަކުގެ ޤާނޫނުގެ ދަށުން ރަޖިސްޓްރީ ވެފައިވާ ފަރާތްތަކަށް ކަމަށެވެ.

ވީމާ މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން ބިޑުގައި ރަޖިސްޓްރީވެ، މަޢުލޫމާތު ސާފުކުރުމަށްފަހު، ބީލަން ހުށަހެޅުމަށް ކަނޑައެޅިފައިވާ ތާރީޚުގައި ކައުންސިލަށް ވަޑައިގެން ބީލަން ހުށަހެޅުމަށް އެ ކައުންސިލުން ވަނީ އެދިފައެވެ.

ކައުންސިލުން ބުނީ ބީލަމުގައި ރަޖިސްޓްރީ ނުވާ ފަރާތްތަކާއި ގަޑިޖެހިގެން ބީލަން ހުށަހެޅުމަށް އަންނަ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުޞަތެއް ނުދެވޭނެ ކަމަށާއި، މި ބިޑާއި ގުޅިގެން ބާއްވާ މަޢުލޫމާތު ސެޝަން 4 އޮގަސްޓް 2025 ވާ ހޯމަ ދުވަހު ކެނދިކުޅުދޫ ކައުންސިލް ޖަލްސާކުރާ މާލަން (ކެނދި މާލަން) ގައި އޮންނާނެ ކަމަށެވެ. މިސެޝަންގައި ބައިވެރިވުމުގެ އިޚްތިޔާރު ރަޖިސްޓްރީވާ ބީލަންވެރިންނަށް ލިބިގެންވެއެވެ.

މި ބިޑަށް ރަޖިސްޓްރީވާން ޖެހޭނީ އޮގަސްޓު 2 ގެ ނިޔަލަށް މި ލިންކް މެދުވެރިކޮށެވެ. މި މަސައްކަތުގެ ބިޑް ހުޅުވުން އޮންނާނީ އޮގަސްޓް 7 ވަނަ ދުވަހުގެ 13:30 ގައި ކައުންސިލް އިދާރާގައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު