އާދިއްތަ, November 15
ފުރަތަމަ ޓާމުގެ ކިޔެވުން ނިންމުމަށް ފަހު ދަރިވަރުން ދެ ހަފުތާގެ ޗުއްޓީއަކަށް

2025 ވަނަ އަހަރުގެ ދިރާސީ އަހަރުގެ ފުރަތަމަ ޓާމުގެ ކިޔެވުން ނިންމުމަށް ފަހު, ދަރިވަރުންގެ ޗުއްޓީ ފަށައިފިއެވެ.

ތަޢުލީމީ ވުޒާރާއިން ހާމަކޮށްފައިވާ ގޮތުގައި މި ދިރާސީ އަހަރު ރާއްޖޭގެ ސްކޫލުތަކުގައި 90,000 އެއްހާ ދަރިވަރުން ތަޢުލީމު ޙާޞިލުކުރަމުންދާއިރު، މި ދަރިވަރުންނަށް ކިޔަވާދެއްވުމަށް 11,000 އެއްހާ މުދައްރިސުން ސްކޫލުތަކުގައި މަސައްކަތް ކުރައްވަމުން ގެންދަވައެވެ.

ދެ ހަފްތާގެ މި ޗުއްޓީއަށް ފަހު, ދެވަނަ ޓާމުގެ ކިޔެވުން ފެށުމަށް ހަމަޖެހިފައިވަނީ 10 އޮގަސްޓް 2025 ގައެވެ.

ތަޢުލީމީ ވުޒާރާއިން އާންމުކޮށްފައިވާ އެކެޑަމިކް ކަލަންޑަރުގައިވާ ގޮތުން ދެވަނަ ޓާމުގެ ކިޔެވުން ކުރިއަށްދާނީ ޑިސެންބަރު 25 އާ ހަމައަށެވެ. އަދި ޗުއްޓީއަށް ފަހު 2026 ވަނަ އަހަރުގެ ދިރާސީ އަހަރުގެ ކިޔެވުން ފަށާނީ ޖަނަވަރީ 27 ގައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު