އައިޖީއެމްއެޗްގެ އޯޕީޑީ ގޭޓު ވަގުތީ ގޮތުން ބަންދުކުރުމަށް ނިންމައިފިއެވެ.
އައިޖީއެމްއެޗުން ނެރުނު ދެންނެވުމެއްގައި ބުނެފައިވަނީ އެ ހޮސްޕިޓަލުގެ އޯޕީޑީ ވޯކްވޭގައި މަސައްކަތެއް ކުރުމަށްޓަކައި، އޯޕީޑީ ވޯކްވޭ ސަރަހައްދު އެއްކޮށް، ވަގުތީ ގޮތުން ބަންދު ކުރުމަށް ނިންމާފައިވާ ކަމަށެވެ.
މިގޮތުން ޖުލައި 24 ވާ ބުރާސްފަތި ދުވަހުގެ ރޭގަނޑު 9:00 އިން ފެށިގެން ޖުލައި 26 ވާ ހޮނިހިރު ދުވަހުގެ ދަންވަރު 3:00 އަށް އެ ސަރަހައްދު ބަންދުކުރުމަށް ވަނީ ނިންމައިފައެވެ.
އައިޖީއެމްއެޗުން ބުނީ ގޭޓު 1 އާންމުންނަށް ބަންދުކުރެވޭނެ ކަމަށާއި، ހޮސްޕިޓަލަށް ވަނުމަށް ބޭނުންކުރެވޭނީ އިމަރޖެންސީ ގޭޓާއި ސަންސެޓް ކެންޓީން ކައިރީގައިވާ ގޭޓު ކަމަށެވެ.
މީގެ އިތުރުން ޑައިލިސިސް ސެންޓަރަށް ވަޑައިގަންނަވާ ފަރާތްތަކުން އެމްއާރުއައި ސެންޓަރަށް ވަދެވޭ ވޯކްވޭ ބޭނުންކުރުމަށް އައިޖީއެމްއެޗުން ވަނީ އެދިފައެވެ. އަދި، ސްޓްރޯކް ސެންޓަރ ވަނީ އީއެންޓީ ވާޑުގެ އެޗްޑީޔޫ އަށް ބަދަލުކުރެވިފައިވާ ކަމަށްވެސް އައިޖީއެމްއެޗުން ބުނެއެވެ.
އެ ހޮސްޕިޓަލުން ވަނީ މިކަމުގެ ސަބަބުން ދިމާވެދާނެ ދަތިތަކަށް މަޢާފަށް އެދިފައެވެ.
މި ލިޔުން ކިޔާލުމުން