Saturday, October 31
ލ. އަތޮޅުގައި އައިޑީ ކާޑު ޕްރިންޓްކުރުމުގެ ޚިދުމަތް ފަށައިފި
ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު (އައީޑީ ކާޑު) ޕްރިންޓުކޮށް ދޫކުރުމުގެ ޚިދުމަތް ލ. އަތޮޅުގައި ފަށައިފިއެވެ. މިކަން ހާމަކޮށްފައިވަނީ ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަން (ޑީއެންއާރު) އިން އެކްސްގައި ކުރި ޕޯސްޓެއްގައެވެ. ޑީއެންއާރުން ބުނީ ލ. އަތޮޅު ކައުންސިލްގައި އައިޑީ ކާޑު ޕްރިންޓްކުރުމުގެ ޚިދުމަތް މިއަދު ފެށިފައިވާ ކަމަށާއި، އަތޮޅު ކައުންސިލް މެދުވެރިކޮށް އެ އަތޮޅުގެ އެހެނިހެން ހުރިހާ ރަށު ކައުންސިލްތަކަށްވެސް އައިޑީ ކާޑު ޕްރިންޓްކޮށް ފޮނުވޭނެ ކަމަށެވެ. މިކަމުގެ ސަބަބުން ޚިދުމަތް ދިނުމުގައި ފަސޭހަވެ، ކޮންމެ ހަފުތާއަކު މާލެއިން އައިޑީ ކާޑުތައް ރަށަށް ފޮނުވައިގެން ދިމާވާ ލަސްތަކަށް ހައްލެއް ލިބިގެންދާނެ ކަމަށްވެސް ޑީއެންއާރުން ބުންޏެވެ. އަސާސީ ގިނަ ޚިދުމަތްތަކާ ގުޅިފައިވާ އައިޑީކާޑުގެ ޚިދުމަތް މިއަހަރު ނިމޭއިރު ރާއްޖޭގެ ހުރިހާ ރަށަކުން ލިބޭނެ އިންތިޒާމު ހަމަޖެއްސުމަކީ ސަރުކާރުގެ އަމާޒެކެވެ. އަދި ހަމައެއާއެކު ދިވެހީން އާންމުކޮށް ގޮސް އުޅޭ ޤައުމުތަކުގައިވެސް މި ޚިދުމަތް ފެށުމަށްދަނީ މަސައްކަތްކުރަމުންނެވެ. އެގޮތުން ސްރީލަންކާ، އިންޑިއާގެ އިތުރުން އިނގިރޭސިވިލާތުގައި މި ޚިދުމަތް ފެށުމަށް ދަނީ ތައްޔާރުވަމުންނެވެ. ރާއްޖޭއިން ބޭރުގައި އައިޑީކާޑުގެ ޙިދުމަތްތައް ދޭން ފެށި ފުރަތަމަ ޤައުމަކީ މެލޭޝިއާއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު