Saturday, October 31
އިހަވަންދޫ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށް
ހއ. އިހަވަންދޫގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަސައްކަތް ހުއްޓުމެއް ނެތި ކުރިއަށްދާކަން ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އިން ހާމަކޮށްފިއެވެ. މިގޮތުން އާރުޑީސީން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ އިހަވަންދޫގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަޝްރޫއުގެ ދަށުން ޖަވާހިރު މަގުގައި ކޯނަރ ކާރބް ސްޓޯން ޖެހުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. މީގެ އިތުރުން އެ ރަށު އަމީނީމަގުގައި ސްޓޯރމް ވޯޓަރ ޖަންކްޝަން ބެހެއްޓުމުގެ މަސައްކަތްވެސް ކުރަމުންދާ ކަމުގައި އާރުޑީސީން ހާމަކުރެއެވެ. 102,846,733.89ރ. އަށް އާރުޑީސީއާ ހަވާލުކޮށްފައިވާ މި މަޝްރޫޢުގެ 40 އިންސައްތަ އަށްވުރެ ބޮޑު ބައި މިހާރު ވަނީ ނިމިފައެވެ. މި މަޝްރޫޢު ނިމޭއިރު، އިހަވަންދޫގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރެވި، މަގުތަކުގައި ނިޝާންތައް ކުރެހި، ސްޕީޑް ބްރޭކަރުތަކާއި މަގުބައްތި އަދި ޓްރެފިކް ސައިން ބޯޑުތައްވެސް ހަރުކުރެވިގެންދާނެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު