Thursday, November 12
ޓީއެމްއޭގެ މުވައްޒަފުންގެ މުސާރަ ކުރިއެކޭވެސް އެއްގޮތަށް މުޅިން ޑޮލަރުން ދޭން ނިންމައިފި

ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ) ގެ މުވައްޒަފުންގެ މުސާރަ ކުރިއެކޭވެސް އެއްގޮތަށް މުޅިން ޑޮލަރުން ދޭން ނިންމައިފިއެވެ.

މިގޮތަށް ނިންމާފައިވަނީ ޓީއެމްއޭގެ މުވައްޒަފުންގެ މުސާރައިގެ ބައެއް ދިވެހި ރުފިޔާއިން ދޭ ގޮތަށް ގެނައި ބަދަލާ ގުޅިގެން މުވައްޒަފުން ނުރުހުން ފާޅުކުރަމުން އަންނަނިކޮށެވެ.

ޓީއެމްއޭ އިން ވަނީ މި ޖުލައި މަހުން ފެށިގެން އެ ކުންފުނީގެ ހުރިހާ މުވައްޒަފުންނަށްވެސް މުސާރައިގެ 20 އިންސައްތަ ދިވެހި ފައިސާއިން އަދި ބާކީ 80 އިންސައްތަ ޑޮލަރުން ދޭން ނިންމައިފައެވެ.

ނަމަވެސް ޓީއެމްއޭގެ މި ނިންމުމާމެދު ނުރުހުން ފާޅުކޮށް ޓީއެމްއޭގެ ޕައިލެޓުން ވަނީ ޖުލައި 26 އިން ފެށިގެން ދަތުރުކުރުން ހުއްޓާލަން ނިންމައިފައެވެ. މުވައްޒަފުންގެ މި ނުރުހުމާއެކު ޓީއެމްއޭގެ މެނޭޖްމަންޓުން ވަނީ ކުރިންވެސް ދެމުން އައި ގޮތަށް މުވައްޒަފުންގެ މުޅި މުސާރަ ޑޮލަރުން ދިނުމަށް ނިންމައިފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު