Monday, November 16
ކުޑަފަރީ ޞިއްޙީ މަރުޒަކުގެ އައު އިމާރާތުގެ މަސައްކަތް އެމްޓީސީސިއާ ހަވާލުކޮށްފި

ނ. ކުޑަފަރީ ޞިއްޙީ މަރުޒަކުގެ އައު އިމާރާތުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްފިއެވެ.

މިކަމަށްޓަކައި ޞިއްޙީ ވުޒާރާގައި މިރޭ ބޭއްވި ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި އެ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޯ ހެލްތު އިސްމާޢިލް ޝަރީފެވެ.

އަދި އެމްޓީސީސީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް (ރިޓަޔަރޑް) އަޙްމަދު ސަޢުދީއެވެ.

ޞިއްޙީ ވުޒާރާއިން ހާމަކޮށްފައިވާ ގޮތުގައި 360 ދުވަހުގެ ތެރޭގައި ނިންމުމަށް ޙަވާލުކުރި މިމަޝްރޫޢުގެ އަގަކީ 27،635،152.40ރ. އެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު