އާދިއްތަ, November 15
މުސްލިމަކު ކާފިރުކުރުމަކީ ވަރުގަދަ ޙުއްޖަތާއި ސާބިތު ހެއްކާ ނުލައި ކުރުން ޙަރާމް ކަމެއް: ޚުޠުބާ

މުސްލިމަކު ކާފިރުކުރުމަކީ ޙަރާމް ކަމެއް ކަމުގައި މިއަދުގެ ހުކުރު ޚުޠުބާގައި ވިދާޅުވެއްޖެއެވެ.

މިއަދުގެ ހުކުރު ޚުޠުބާގެ މައުޟޫޢަކީ "މުސްލިމަކު ކާފިރުކުރުމުގެ ނުބައިކަން"، މިއެވެ.

މިއަދުގެ ޚުޠުބާގައި ވިދާޅުވީ ކާފިރުކުރުމަކީ މުސްލިމަކު ނުވަތަ މުސްލިމް ޖަމާޢަތެއް ކުފުރަށް ނިސްބަތްކުރުން ކަމަށާއި، އެ މީހުންގެ ފުރާނައާއި މުދާ ހިފުން ހުއްދަ ކުރުން ކަމަށާއި، މިއީ އެހައި ފަސޭހައިން ކުރެވިގެންވާނެ ކަމެއް ނޫން ކަމަށެވެ. މިގޮތުން އެއްވެސް މީހަކަށް އިސްލާމްކަމުގެ މަތިވެރި ޝަރަފު ލިބުމަށް ފަހު އޭނާ އެ ދާއިރާއިން ބޭރުކުރުމަކީ ވަރުގަދަ ޙުއްޖަތަކާއި ސާބިތު ހެއްކާއި، ރޯމާދުވާލު ފަދަ އަލިގަދަ ދަލީލުތަކެއް ނެތި ކުރުން ޙަރާމް ކަމެއް ކަމުގައި ޚުޠުބާގައި ވިދާޅުވިއެވެ.

މީގެ އިތުރުން ޚުޠުބާގައި ވިދާޅުވީ ޝަރުޢީ ނައްޞުތަކުން ސާފުކޮށް އެނގޭ ގޮތުގައި މުސްލިމަކާ ދިމާލަށް ބަދު ބަސް ބުނުމާއި ޤަޛްފުކުރުމަކީ ޙަރާމް ކަންތައް ކަމުގައިވީއިރު، ހީއެއް ނުވަތަ އަމިއްލަ ވިސްނުމުގެ މައްޗަށް ބިނާކޮށް މުސްލިމަކު ކާފިރުކުރުން ހުއްދައެއް ނުވާނެ ކަމަށެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު