އާދިއްތަ, November 15
އިމާރާތްކުރުމުގެ ދާއިރާގައި މަސައްކަތްކުރާ ފަންނުވެރިންގެ ގަވާއިދަށް ހުށަހަޅާ އިޞްލާޙަށް އާންމުންގެ ޚިޔާލު ހޯދަނީ
އިމާރާތްކުރުމުގެ ދާއިރާގައި މަސައްކަތްކުރާ ފަންނުވެރިންގެ ގަވާއިދު އަށް ގެންނަން ހުށަހަޅާ 7 ވަނަ އިސްލާޙުގެ ދެލިކޮޕީއަށް ޢާންމުންގެ ހިޔާލު ފާޅުކުރުމަށް އަލުން ހުޅުވާލައިފިއެވެ. އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާއިން ކުރި އިޢުލާނެއްގައި ބުނެފައިވަނީ ޢިމާރާތްކުރުމުގެ ޤާނޫނުގެ ދަށުން އެކުލަވާލާފައިވާ "އިމާރާތްކުރުމުގެ ދާއިރާގައި މަސައްކަތްކުރާ ފަންނުވެރިންގެ ގަވާއިދު" އަށް ގެންނަން ހުށަހަޅާ 7 ވަނަ އިސްލާޙުގެ ދެލިކޮޕީއަށް ޚިޔާލު ފާޅުކުރުމުގެ ފުރުޞަތު އަލުން އާންމުކޮށް ހުޅުވާލާފައިވާ ކަމަށެވެ.

އެހެންކަމުން މި ގަވާއިދުގެ އިސްލާޙަށް ޚިޔާލެއް ނުވަތަ ލަފައެއް އޮތްކަމުގައިވާނަމަ، އެ ވުޒާރާއިން އާންމުކޮށްފައިވާ "ޚިޔާލު ފާޅުކުރާ ފޯމެޓު" ގައި ލިޔުމަށްފަހު، 24 ޖުލައި 2025 ގެ ނިޔަލަށް އެ ވުޒާރާގެ ކޮންސްޓްރަކްޝަން ރެގިއުލޭޝަންސް އެންޑް ސްޓޭންޑަރޑްޒް ސެކްޝަނަށް އީމެއިލް ކުރުމަށް އެ ވުޒާރާއިން ވަނީ އެދިފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު