އާދިއްތަ, November 15
ޢިމާރާތްކުރުމަށް ބޭނުންކުރާ ތަކެތި އެތެރެކުރުމާ ގުޅޭ ގަވާއިދަށް އާންމުންގެ ޚިޔާލު ހޯދަނީ

ޢިމާރާތްކުރުމަށް ބޭނުންކުރާ ތަކެތި އެތެރެކުރުމާއި އުފެއްދުން ކޮންޓްރޯލުކުރުމުގެ ގަވާއިދުގެ ދެލިކޮޕީއަށް އާންމުންގެ ޚިޔާލު ހޯދަން ހުޅުވާލައިފިއެވެ.

އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާއިން ކުރި އިޢުލާނެއްގައި ބުނެފައިވަނީ ޢިމާރާތްކުރުމުގެ ޤާނޫނުގެ ދަށުން އެކުލަވާލާފައިވާ ގަވާއިދު "ޢިމާރާތްކުރުމަށް ބޭނުންކުރާ ތަކެތި އެތެރެކުރުމާއި އުފެއްދުން ކޮންޓްރޯލްކުރުމުގެ ގަވާއިދު" އަލުން އިސްލާޙުކޮށް އެކުލަވައިލައިފައިވާ ދެލިކޮޕީއަށް ޚިޔާލު ފާޅުކުރުމަށް އާންމުކޮށް ފުރުޞަތު ހުޅުވާލާފައިވާ ކަމަށެވެ.

އެ ވުޒާރާއިން ވަނީ މި ގަވާއިދުގެ ދެލިކޮޕީއަށް ޚިޔާލެއް ނުވަތަ ލަފައެއް އޮތްކަމުގައިވާނަމަ، އެ ވުޒާރާއިން ޝާއިޢުކޮށްފައިވާ "ޚިޔާލު ފާޅުކުރާ ފޯމެޓު" ގައި ލިޔުމަށްފަހު، 24 ޖުލައި 2025 ގެ ނިޔަލަށް އެ ވުޒާރާގެ ކޮންސްޓްރަކްޝަން ރެގިއުލޭޝަންސް އެންޑް ސްޓޭންޑަރޑްޒް ސެކްޝަނަށް އީމެއިލް ކުރުމަށް އެދިފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު