އާދިއްތަ, November 15
އޭސީޕީ އާސިފް ކަރެކްޝަންސްގެ ވަޒީފާއިން ވަކިކޮށްފި

އެސިސްޓަންޓް ކޮމިޝަނަރ އޮފް ޕްރިޒަންސް، މުޙައްމަދު އާސިފް، މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ވަޒީފާއިން ވަކިކޮށްފިއެވެ.

އާސިފް ވަޒީފާއިން ވަކިކޮށްފައިވަނީ އަށް މަސް ދުވަހުގެ ސަސްޕެންޝަނަކަށް ފަހު އެވެ. މިގޮތުން މުސާރަ ލިބޭ ގޮތަށް ކަރެކްޝަންސްގެ ވަޒީފާއިން އާސިފް ސަސްޕެންޑްކޮށްފައިވަނީ 23 ނޮވެންބަރު 2024 ގައެވެ.

އާސިފްގެ މައްޗަށް ވަނީ ޕްރިޒަންސް ކުލަބުގެ އެކައުންޓުން 200،000ރ. އަށްވުރެ ގިނަ ފައިސާ އަމިއްލަ އެކައުންޓުތަކަށް ޖަމާކުރިކަމުގެ ތުހުމަތު ކޮށްފައެވެ.

އާސިފް މަޤާމުން ވަކިކޮށްފައިވާކަން ކަރެކްޝަންސް އިން ކަށަވަރުކޮށްދިން ނަމަވެސް، މިކަމާ ގުޅޭ އިތުރު ތަފްސީލެއް ހާމައެއް ނުކުރެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު