Saturday, October 31
މަނަދޫގެ ރައްޔިތުންގެ ގޮންޖެހުންތަކަށް ހައްލު ހޯދުމާ ގުޅޭގޮތުން މަޝްވަރާކޮށްފި

ނ. މަނަދޫގެ ރައްޔިތުންނާ ގުޅުންހުރި ކަންކަމާއި، ރަށުގެ ތަރައްޤީއަށްޓަކައި ކުރަންޖެހޭ މުހިންމު މަސައްކަތްތަކާ ބެހޭގޮތުން، ފަތުރުވެރިކަމާއި ތިމާވެށްޓާބެހޭ ވުޒާރާއާއި އެ ރަށު ކައުންސިލާއި ރައްޔިތުންގެ މަޖިލީހުގެ މަނަދޫ ދާއިރާގެ މެންބަރު ހުސްނީ މުބާރިކާ ބައްދަލުކޮށް މަޝްވަރާކޮށްފިއެވެ.

މި ބައްދަލުވުމުގައި މަނަދޫގެ ރައްޔިތުންނަށް ދިމާވެފައިވާ ގޮންޖެހުންތަކާއި އެފަދަ ކަންކަމަށް ހައްލު ހޯދުމަށް ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން ވަރަށް ތަފްޞީލީ މަޝްވަރާތަކެއް ކޮށްފައިވެއެވެ. މީގެ އިތުރުން، ރަށުގެ ތަރައްޤީއަށް މުހިންމު މަޝްރޫޢުތައް ހިންގުމާބެހޭގޮތުންނާއި، އެ މަޝްރޫޢުތައް ހަލުވިކަމާއެކު ކުރިއަށް ގެންދެވޭނެ ގޮތްތަކާ ބެހޭގޮތުންވެސް ހިޔާލު ބަދަލުކުރެވުނު ކަމަށް ވެއެވެ.

މި ބައްދަލުވުމުގައި މެންބަރު ހުސްނީ މުބާރިކް ވަނީ ރައްޔިތުންގެ ކަންބޮޑުވުންތަކާއި، ރަށަށް އެންމެ ބޮޑަށް ބޭނުންވާ ތަރައްޤީގެ ކަންކަން މިނިސްޓްރީއަށް ހުށަހަޅުއްވައި، އެކަންކަމަށް ހައްލު ހޯދައިދިނުމަށް އެދިވަޑައިގެންފައެވެ. މަނަދޫ ކައުންސިލުންވެސް ވަނީ ރަށުގެ މިހާރުގެ ހާލަތާއި، ކުރިމަގަށް ރާވާފައިވާ ތަރައްޤީގެ ޕްލޭންތަކާ ބެހޭ މަޢުލޫމާތު މިނިސްޓްރީއާ ހިއްސާކޮށްފައެވެ.

ފަތުރުވެރިކަމާއި ތިމާވެށްޓާބެހޭ ވުޒާރާއިން ބުނީ މި ބައްދަލުވުމުގެ ބޭނުމަކީ ރައްޔިތުންނާ ކައިރިން މަސައްކަތްކޮށް، އެފަރާތްތަކުގެ ދިރިއުޅުމަށް ދިމާވާ ގޮންޖެހުންތަކަށް ޙައްލު ހޯދައިދިނުމާއި، ރަށްރަށުގެ ތަރައްޤީގެ މަސައްކަތްތައް ހަލުވިކުރުން ކަމަށެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު