Saturday, October 31
ވަން ގަވްގައި ވިޔަފާރި ރަޖިސްޓްރޭޝަނަށް ޚާއްޞަ އެކްސްޓެންޝަނެއް ތަޢާރަފްކޮށްފި

ވަން ގަވް ސަޕޯޓުގައި ވިޔަފާރި ރަޖިސްޓްރޭޝަން ޚިދުމަތްތަކަށް ޚާއްޞަ އެކްސްޓެންޝަނެއް ތަޢާރަފުކޮށްފިއެވެ.

ޓްރޭޑްނެޓް މޯލްޑިވްސް ކޯޕަރޭޝަނުން ކުރި އިޢުލާނެއްގައި ބުނެފައިވަނީ 16 ޖުލައި 2025 އިން ފެށިގެން، ވަން ގަވް ސަޕޯޓް (1500) އިން ވިޔަފާރި ރަޖިސްޓްރޭޝަނާ ގުޅޭ ހުރިހާ ޚިދުމަތްތަކަށް ޚާއްޞަ އެކްސްޓެންޝަނެއް ތަޢާރަފުކޮށްފައިވާ ކަމަށެވެ.

މިގޮތުން އެ ކޯޕަރޭޝަނުން ބުނީ މިހާރު ކަސްޓަމަރުންނަށް 1500 އަށް ގުޅައި، ކިޔޫ އޮޕްޝަން 2 އިޚްތިޔާރުކޮށްގެން ވިޔަފާރި ރަޖިސްޓްރޭޝަނާ ގުޅޭ އެއްވެސް ސުވާލެއް އޮތްނަމަ، ސީދާ އޭޖެންޓަކާ ގުޅުވައިދެވޭނެ ކަމަށެވެ.

ޓްރޭޑްނެޓުން ބުނީ މި އިތުރުކުރެވުނު ޚިދުމަތަކީ ޚިދުމަތް ލިބިގަތުމުގެ ފަސޭހަކަން އިތުރުކޮށް، ވިޔަފާރިތަކަށް އަވަސް އަދި ހަރުދަނާ އެހީތެރިކަން ފޯރުކޮށްދިނުމަށް ގެނެވުނު މުހިންމު ބަދަލެއް ކަމަށާއި، މި ޚިދުމަތުގެ ސަބަބުން ވިޔަފާރިވެރިންނަށް ލިބޭ މަޢުލޫމާތުގެ ފެންވަރު މަތިވެ، ވިޔަފާރި ރަޖިސްޓްރޭޝަނާ ގުޅޭ މުޢާމަލާތްތައް އިތުރަށް ހަލުވިވެގެންދާނެ ކަމަށެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު