އާދިއްތަ, November 8
ބޭސްފަރުވާ އަށް ބޭނުންވާ އާލާތްތައް ހޯދުމަށް 2.3 މިލިއަން ރުފިޔާގެ އެހީދީފި

ވެލްފެއަރ އެއީގެ ދަށުން ބޭސްފަރުވާ ކުރިއަށްގެންދިއުމަށް ބޭނުންވާ އާލާތްތައް އަދި މެޝިން ހޯދުމަށް އެހީގެ ގޮތުގައި ނިމިދިޔަ ޖޫން މަހު ދެ މިލިއަނަށް ވުރެން ގިނަ ރުފިޔާ ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ)އިން ހޭދަކޮށްފިއެވެ.

އެންސްޕާއިން އާންމުކުރި ތަފާސްހިސާބުގައިވާ ގޮތުން، މިދިޔަ ޖޫން މަހު ސިއްހީ އާލާތްތަކާއި މެޝިން ހޯދައި ދިނުމަށް އެ އިދާރާއިން ވަނީ ޖުމުލަ, 2,356,435.66 ރުފިޔާ ހަރަދުކޮށްފައެވެ.

އޭގެ ތެރެއިން އެންމެ ގިނައިން އެހީ ދީފައިވަނީ ނޭވާލުމުގައި ދަތިކަން ހުންނަ މީހުން ނިދާއިރު އަޅާ ބައިޕެޕް މެޝިން އަދި މާސްކެވެ. އޭގެ 29 މެޝިން މިދިޔަ މަހު ބަލި މީހުންނަށް ހޯދައި ދީފައިވެއެވެ.

ދެން އެންމެ ގިނައިން ހޯދައި ދީފައި ވަނީ އެނދުމަތި ކޮށްފައިވާ މީހުންނަށް ބޭނުންވާ ހޮސްޕިޓަލް ބެޑާއި އެއާ މެޓްރެސްއެވެ. އޭގެ 24 އާލާތް ވަނީ ހޯދައިދީފައެވެ.

އެންސްޕާގެ އެހީއަކީ އާސަންދައިން ދޭ ހިލޭ އެހީގެ އިތުރުން އަދި ދައުލަތުން ފޯރުކޮށްދޭ އެހީއެކެވެ. މި ހޭދަތަކަށް ދައުލަތުން ބިލިއަނުން ކޮންމެ އަހަރަކު ހަރަދު ކުރެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު