އާދިއްތަ, November 8
މަހިބަދޫގައި އިމިގްރޭޝަންގެ އޮފީހެއް ޤާއިމްކުރަން ބަޔަކާ ހަވާލުކޮށްފި

އދ. އަތޮޅުގައި އިމިގްރޭޝަންގެ އޮފީހެއް ޤާއިމްކުރުމަށް ބަޔަކާއި ހަވާލުކޮށްފިއެވެ.

މި މަސައްކަތް ކުރުމަށް ހަވާލުކޮށްފައިވަނީ މަހިބަދޫގެ ކުންފުންޏެއްކަމަށްވާ މެޓްސްއާއެވެ. އދ އަތޮޅުގައި އިމިގްރޭޝަން އޮފީސް ޤާއިމް ކުރާނީ މަހިބަދޫގައެވެ. އދ. އަތޮޅުގައި އިމިގްރޭޝަންގެ ޚިދުމަތްތައް ފެށުމަށްޓަކައި އިމިގްރޭޝަންގެ އޮފީހެއް ޤާއިމްކުރުމަށް މެޓްސް ކުންފުންޏާ ހަވާލުކުރުމަށް އަތޮޅު ކައުންސިލްގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އަތޮޅު ކައުންސިލްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ، ކައުންސިލްގެ ރައީސް ޢަލީ ނަސީރެވެ. މެޓްސްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ވެރި ފަރާތް، ޢަލީ ރިޒާއެވެ. މި މަސައްކަތް މެޓްސްއާ ހަވާލުކޮށްފައިވަނީ 1މަސް ދުވަހުގެތެރޭގައި މަސައްކަތް އެއްކޮށް ނިންމާ ހަވާލުކުރާގޮތަށެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު