ކުޅިވަރުގެ ރޮނގުން ކުރިއަށްދިޔުމަށް ހިތްވަރުދީ، އިތުރު ފުރުސަތުތައް ހުޅުވައިދިނުމުގެ މަގުސަދުގައި ކުރިއަށްގެންދާ "ސްޓޫޑެންޓްސް ވޯލްޑް ކަޕް" އިފްތިތާޙުކުރުމުގެ ރަސްމިއްޔާތުގައި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު ބައިވެރިވެވަޑައިގަންނަވައިފިއެވެ.
އެކި ކުޅިވަރުތަކުން ގިނަ ކާމިޔާބީތައް ހޯދާފައިވާ އިންޑިއާގެ ކުރީގެ ކުޅުންތެރިން އިސްނަގައިގެން ހިންގާ މި ހަރަކާތުގެ ބައިނަލްއަގްވާމީ "ލޯންޗިން"ގައި ކޮމަންވެލްތުގެ އެސިސްޓަންޓް ސެކްރެޓަރީ ޖެނެރަލް ޕްރޮފެސަރ ލުއިސް ފްރަންޗެސްޗީ އާއި އިންޑިއާގެ އެކި ދާއިރާތަކުން ފާހަގަކޮށްލެވޭ ފަރާތްތަކުން ބައިވެރިވެވަޑައިގެންނެވި ކަމަށް ސްޕޮޓްސް މިނިސްޓްރީން މައުލޫމާތުދެއެވެ.
އިންޑިއާގެ ނިއުދިއްލީގައި ކުރިއަށްދިޔަ އިފްތިތާހީ ރަސްމިއްޔާތުގައި ވަޒީރު ރާފިޢު ބައިވެރިވެވަޑައިގެންނެވީ "ސްޓޫޑެންޓްސް ވޯލްޑް ކަޕް"ގެ ހިންގާ ކޮމިޓީން ދެއްވި ހާއްސަ ދަޢުވަތަކަށެވެ. މި ރަސްމިއްޔާތުގައި ވަޒީރު ދެއްކެވި ވާހަކަފުޅުގައި މިފަދަ ހަރަކާތެއްގެ މުހިންމުކަން ފާހަގަކުރެއްވިއެވެ. މިގޮތުން ސްކޫލް ދައުރުގައި ކުޅިވަރުގެ ރީތި އަހުލާގު ދަސްކުރުމާއި، ކުޅިވަރުގެ ސަބަބުން ދަރިވަރުންނަށް އަންނާނެ ހެޔޮ ބަދަލުތަކާއި، އެކަމުގެ ސަބަބުން މުސްތަގްބަލަށް އަންނާނެ ހެޔޮ ބަދަލުތައް ފާހަގަކުރެއްވިއެވެ.
Minister Abdulla Rafiu attended the international launch of the Students World Cup held on 12th July 2025, in New Delhi as special guest.
In this event, Minister Rafiu unveiled the official catalogue of the Students World Cup and expressed his support for the revolutionary global… pic.twitter.com/s2RzHq35hC— Ministry of Sports, Fitness and Recreation (@MoSFR_mv) July 15, 2025
"ސްޓޫޑެންޓްސް ވޯލްޑް ކަޕް"ގެ އަމާޒަކީ ކުޅިވަރުގެ ތެރެއިން އެކި ޤައުމުތަކާއި އެކި ސަގާފަތުގެ ދަރިވަރުންނަށް ފުރުސަތުތައް ފަހިކޮށްދީ ކުޅިވަރުން ކުރިއަށްދިޔުމަށް ހިތްވަރުދިނުމެވެ.
"ސްޓޫޑެންޓްސް ވޯލްޑް ކަޕް"ގެ އިންތިޒާމްކުރާ ފަރާތުގެ އަމާޒަކީ ދުނިޔޭގެ އެކި ހިސާބުތަކުން 5 މިލިއަން ސްކޫލްގެ ދަރިވަރުން މި ހަރަކާތުގައި ބައިވެރިކުރުމެވެ. މިގޮތުން އިންޑިއާ އިން އެކަނި 1.5 މިލިއަން ސްކޫލް ބައިވެރިކުރުމަކީ މި ހަރަކާތުގެ އަމާޒެވެ.
މި ލިޔުން ކިޔާލުމުން