އާދިއްތަ, November 15
ބުރިޖު ހައިވޭގައި ހިނގި އެކްސިޑެންޓެއްގައި ދެ މީހަކަށް އަނިޔާވެއްޖެ

ސިނަމާލެ ބުރިޖު ހައިވޭގައި ހިނގި އެކްސިޑެންޓެއްގައި ދެ މީހަކަށް އަނިޔާވެއްޖެއެވެ.

ފުލުހުން ބުނީ ސިނަމާލެ ބުރިޖު ހައިވޭގެ ހުޅުމާލެއިން މާލެއަށް ދަތުރުކުރާ ފަޅިގެ ހަތަރު ލޭން ހިމެނޭ ސަރަހައްދުގައި ވޭނަކާއި ސައިކަލެއް ޖެހި އެކްސިޑެންޓުވެފައިވާ މައްސަލަ ރޭ 10:49 ހާއިރު ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.

ފުލުހުން ބުނީ މި އެކްސިޑެންޓު ހިނގާފައިވަނީ ވޭން އޯވަރޓޭކް ކުރަނިކޮށް ސައިކަލުގައި ޖެހިގެން ކަމަށާއި، މި އެކްސިޑެންޓުގައި ތިބި ދެ މީހުންނަށް އަނިޔާވެގެން އައިޖީއެމްއެޗަށް ގެންގޮސް ފަރުވާދެމުންދާ ކަމަށެވެ.

ފުލުހުން ދަނީ މި މައްސަލަ ތަޙުޤީޤު ކުރަމުންނެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު