އާދިއްތަ, November 8
މިއަހަރު ޖޫން މަހުގެ ނިޔަލަށް މާލެ ސަރަހައްދުގައި 1101 އެކްސިޑެންޓް

މާލޭގެ މަގުތަކާއި ސިނާމާލެ ބްރިޖުގައި މި އަހަރުގެ ފުރަތަމަ ހަ މަސް ތެރޭގައި 1،000 އަށް ވުރެ ގިނަ އެކްސިޑެންޓު ހިނގާފައިވާ ކަމަށް ފުހުންގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

ފުލުހުން އާއްމުކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު އިރު އެ ހާދިސާތަކުގައި 121 މީހަކަށް އަނިޔާވިއެވެ.

 މި އަހަރުގެ ފުރަތަމަ ދުވަހުން ފެށިގެން މިދިޔަ ޖޫން މަހުގެ 30 ގެ ނިޔަލަށް މާލެ އާއި ސިނަމާލެ ބްރިޖު އަދި ހައިވޭގައި 1،101 އެކްސިޑެންޓު ހިނގާފައިވެ އެވެ. އެއީ މާލެ ތެރޭގައި 911 އެކްސިޑެންޓާއި ބްރިޖާއި ހައިވޭގައި 190 އެކްސިޑެންޓެވެ. މީގެތެރެއިން ގިނަ އެކްސިޑެންޓް ހިނގާފައި ވަނީ ދުވާލުގެ ވަގުތުތަކުގަ އެވެ.

އެ ހާދިސާތަކުން 121 މީހަކަށް އަނިޔާވި އިރު އޭގެ ތެރެއިން 61 މީހަކަށް ސީރިއަސް ޒަހަމްތައް ލިބުނެވެ. އަދި 1،107 އުޅަނދަކަށް ގެއްލުން ވެފައިވެ އެވެ.

އެ މުއްދަތުގައި ހިނގި އެކްސިޑެންޓުތަކުގެ 68 ޕަސެންޓު ހާދިސާ ހިނގާފައިވަނީ ދުވާލުގެ ވަގުތުގަ އެވެ. އެއީ 745 އެކްސިޑެންޓެވެ. ރޭގަނޑު ގަޑީގައި 356 އެކްސިޑެންޓެއް ހިނގާފައިވާ ކަމަށް ފުލުހުންގެ މައުލޫމާތުތަކުން ދައްކަ އެވެ.

އެންމެ ގިނަ އެކްސިޑެންޓު ހިނގާފައިވަނީ ސައިކަލާއި ކާރު ޖެހިގެންނެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު