Saturday, October 31
ބޮޑެތި ބަލިތަކަށް ފަރުވާކުރަން އިންޝުއަރެންސް ހަމަޖައްސައިދޭނެ ފަރާތެއް ހޯދަނީ

ބޮޑެތި ބަލިތަކަށް ފަރުވާކުރުމަށް ފަޤީރުންގެ ދަފްތަރުގައި ތިބި މީހުންނަށް އިންޝުއަރެންސް ހަމަޖައްސައިދޭނެ ފަރާތެއް ހޯދުމަށް ދިވެހިރާއްޖޭގެ ޒަކާތު ހައުސްއިން އިޢުލާންކުރައްވައިފިއެވެ.

މިއީ އާސަންދަ ކަވަރުނުކުރާ ބޮޑެތި ބަލިތަކަށް އެހީތެރިވުމުގެ ގޮތުން ދޭ އިންޝުއަރެންސެކެވެ.

ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކޮށްފައިވާ އިޢުލާނުގައިވަނީ ރާއްޖޭގެ ޒަކާތު ހައުސްއިން ބަލަހައްޓަމުންދާ ފަޤީރުންގެ ދަފްތަރުގައި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށް އިސްލާމިކް ހެލްތު އިންޝުއަރެންސް ހަމަޖައްސައިދޭނެ ފަރާތެއް ހޯދަން ބޭނުންވާ ކަމަށެވެ. އަދި ބީލަން ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނުގެ ދަށުން އިންޝުއަރެންސް ޚިދުމަތް ދިނުމުގެ ލައިސަންސް ލިބިފައިވާ ފަރާތްތަކަށްކަމަށްވެސް އިޢުލާނުގައިވެއެވެ.

އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވިދާޅުވީ ބީލަމުގައި ރަޖިސްޓްރީވުމުގެ ސުންގަޑިއަކީ އަންނަ ބުރާސްފަތި ދުވަހުގެ ހެނދުނު 10:00 ކަމަށެވެ. އަދި އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ މިމަހުގެ 24 ވަނަ ދުވަހުއެވެ.

އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވިދާޅުވީ ފަޤީރުންގެ ދަފްތަރުގައި ހިމެނޭ މީހުންނަށް އިންޝުއަރެންސް ތަޢާރަފުކުރަނީ އާސަންދަ ކަވަރުނުކުރާ ކަންކަމަށް އަމިއްލައަށް ހޭދަކުރުމަށާއި ބައެއް ފަހަރު ފުރާނަ ސަލާމަތްކުރުމަށްޓަކައި ރާއްޖެއިން ބޭރުން ކުރަންޖެހޭ ފަރުވާއާއި ގެންނަން ޖެހޭ ބޭސް ގެނައުމަށް މަގު ފަހިކުރުމަށް ކަމަށެވެ.

ޒަކާތު ފަންޑުގެ ފަޤީރުންގެ ދަފްތަރުގައި 2852 ފަޤީރުން އެބަތިއްބެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު