އާދިއްތަ, November 8
މަގޫދޫގައި ހަދާ އެއަރޕޯޓަށް ބަޔަކު ގެއްލުންދީފި

ފ.މަގޫދޫގައި ތަރައްގީކުރަމުންދާ އެއާޕޯޓުގެ އިމާރާތުގެ ބިއްލޫރިތަކެއް ތަޅާލާ އެތަނުގައި އަލިފާން ރޯކުރަން ބަޔަކު މަސައްކަތްކޮށްފިއެވެ.

ފުލުހުން މީޑިޔާތަކަށް ހިއްސާކުރި މައުލޫމާތުގައިވާ ގޮތުގައި މަގޫދޫގައި އަޅަމުންދާ އެއާޕޯޓުގެ ފަޔާ އިމާރާތުގެ ވަށައިގެންވާ ބިއްލޫރިތައް ތަޅައިލީ ޖުލައި 13، 2025 ވަނަ ދުވަހުއެވެ. އެ މައްސަލަ ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ މިއަދު ހެނދުނު 7:47 ހާއިރު ކަމަށްވެސް ފުލުހުން މައުލޫމާތުދެއެވެ. 

ފުލުހުން މައުލޫމާތު ދިން ގޮތުގައި ބިއްލޫރިތައް ތަޅައިލުމުގެ އިތުރަށް އެ އިމާރާތުގައި އަލިފާން ރޯކުރަން މަސައްކަތްކޮށްފައިވާކަން މިހާތަނަށް ބެލި ބެލުމުން ދެނެގަނެވިފައިވެއެވެ.

ފުލުހުން ދަނި މި މައްސަލަ ތަހުގީގު ކުރަމުންނެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު