އާދިއްތަ, November 15
އެކްސިޑެންޓުގައި ނިޔާވީ ތޭރަވާއާއި އަޝްފާގެ ހުރި ހަމައެކަނި ދަރިފުޅު

މާލޭގައި މަގު ހުރަސްކުރި މީހެއްގެ ގައިގައި ސައިކަލަކުން ޖެހި މިރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި ނިޔާވެފައިވަނީ މަޝްހޫރު ލަވަކިޔުންތެރިން ކަމަށްވާ މުޙައްމަދު ޢަބްދުލް ޣަނީ (ތޭރަވާ) އާއި މަރިޔަމް އަޝްފާގެ ހުރި ހަމައެކަނި ދަރިފުޅު، އަލްސަން ކަން އެނގިއްޖެއެވެ.

މިރޭ މާފަންނު ބަސް ޓަރމިނަލް ކައިރިން ބާރު ސްޕީޑްގައި ދުއްވާފައި ދިޔަ ސައިކަލެއް ކަފިހިހުރަހުން މަގު ހުރަސްކުރި މީހެއްގެ ގައިގައި ޖެހި، އަދި އެ ތަނުން ދަތުރުކުރި ޕިކަޕެއްގައި ޖެހި އެކްސިޑެންޓުވެފައިވާއިރު، ސައިކަލުގައި ތިބީ 17 އަހަރުގެ ކުއްޖަކާއި 16 އަހަރުގެ ކުއްޖަކު ކަމުގައި ފުލުހުން ވަނީ ބުނެފައެވެ. މި ދެ ކުދިންގެ ތެރެއިން ނިޔާވެފައިވަނީ 17 އަހަރުގެ ކުއްޖާއެވެ.

މި އެކްސިޑެންޓުގައި ދެން އަނިޔާވެފައިވަނީ އުމުރުން 40 އަހަރުގެ މީހަކަށެވެ. އެ މީހާއަށާއި 16 އަހަރުގެ ކުއްޖާއަށް ދަނީ އައިޖީއެމްއެޗްގައި ފަރުވާދެމުންނެވެ. މި ދެ މީހުންގެ ހާލުވެސް ސީރިއަސް ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު