މާލޭގައި މަގު ހުރަސްކުރި މީހެއްގެ ގައިގައި ސައިކަލަކުން ޖެހި މިރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި ނިޔާވެފައިވަނީ އެކްސިޑެންޓުވި ސައިކަލުގައި އިން އެއް ކުއްޖަކު ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ބުނީ މިރޭ މާފަންނު ބަސް ޓަރމިނަލް ކައިރިން ބާރު ސްޕީޑްގައި ދުއްވާފައި ދިޔަ ސައިކަލެއް ކަފިހިހުރަހުން މަގު ހުރަސްކުރި މީހެއްގެ ގައިގައި ޖެހި، އަދި އެ ތަނުން ދަތުރުކުރި ޕިކަޕެއްގައި ޖެހި އެކްސިޑެންޓުވެފައިވާ ކަމަށެވެ.
މި އެކްސިޑެންޓުގައި އަނިޔާވި ދެ މީހެއްގެ ހާލު ސީރިއަސް ކަމަށާއި އެ މީހުންނަށް އައިޖީއެމްއެޗްގައި ފަރުވާދެމުންދާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
އަދި މި އެކްސިޑެންޓުގައި އަނިޔާވި 17 އަހަރުގެ ކުއްޖާ ނިޔާވެފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.
މި އެކްސިޑެންޓުގައި ދެން އަނިޔާވެފައިވަނީ 16 އަހަރުގެ ކުއްޖަކަށާއި އުމުރުން 40 އަހަރުގެ މީހަކަށް ކަމަށް ފުލުހުން ބުނެއެވެ. އަދި 16 އަހަރުގެ ކުއްޖާއާއި ނިޔާވި 17 އަހަރުގެ ކުއްޖާއަކީ ސައިކަލުގައި ތިބި ދެ ކުދިން ކަމަށްވެސް ފުލުހުން ހާމަކުރެއެވެ.
މި ލިޔުން ކިޔާލުމުން