އާދިއްތަ, November 8
ވިޒިޓް މޯލްޑިވްސް އިން އާ ލޯގޯއަކާއި އާ ބްރޭންޑް އައިޑެންޓިޓީއެއް އާންމުކޮށްފި

މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ/ވިޒިޓް މޯލްޑިވްސް) އިން ދިވެހިރާއްޖޭގެ މަޝްހޫރު ޓޫރިޒަމް ބްރޭންޑް އަދި އައިޑެންޓިޓީ އަށް ބަދަލުގެނެސް އާއްމުކޮށްފިއެވެ.

ބްރޭޑް އަދި އައިޑެންޓިޓީ އަށް މަދު އިޞްލާޙުތަކެއް ނަމަވެސް، މިއީ ރޭވުންތެރިކަމާއެކު ގެނެވިފައިވާ ބަދަލުތަކެއް ކަމަށް އެމްއެމްޕީއާރުސީން މައުލޫމާތުދެއްވައެވެ.

މި ބަދަލުތަކުގެ ސަބަބުން، ހުރިހާ ވަސީލަތެއްގައިވެސް އެއްހަމަ އަދި ފާހަގަކޮށްލެވޭފަދަ ވިޝުއަލް ޕްރެޒެންސްއެއް ޤާއިމުކުރެވޭނެއެވެ.

އިތުރަށް ފުރިހަމަކުރުމަށް ގެނެވުނު އިޞްލާޙުތަކުގެ ތެރޭގައި، ލޯގޯގެ ކުލަތަކުގެ ޓޯންތަކަށް ގެނެވުނު ކުދިކުދި ބަދަލުތަކަކާއި، ހުޅުވިފައިވާ، ހާމަތަންތަނުގައި އިޝްތިހާރު ހަރުކުރެވޭއިރު ބަލާމީހުންނަށް ފަސޭހައިން ދެނެގަނެވޭނެފަދަ ގޮތަކަށް ބައްޓަން ކުރުމަށް ލޯގޯޓައިޕަށް ގެނެވުނު ބަދަލުތައް ހިމެނެއެވެ. މުޅި ސިފަ ކުރިއާ އެއްގޮތަށް ބަހައްޓާފައިވީ ނަމަވެސް، މި އިޞްލާޙުތަކާއެކު ލޯގޯ އެއް ހަމައެއްގައި ބޭނުންކުރެވި، ބްރޭންޑް ރެކޮގްނިޝަން ވަރުގަދަވާނެ ކަމަށްވެސް އެމްއެމްޕީއާރުސީން މައުލޫމާތުދެއެވެ.

 

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު