ގދ. ނަޑެއްލާ އައު ބަނދަރު ހެދުމުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފިއެވެ.
ބަނދަރު ހަދަން ހަވާލުކުރީ ހެވީފޯސް ޕްރައިވެޓް ލިމިޓެޑާއިއެވެ.
މި ރަސްމިއްޔާތުގައި މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ފަރާތުން ސޮއި ކުރެއްވީ މިނިސްޓަރ ޑރ. އަބްދުﷲ މުއްޠަލިބްއެވެ. އަދި، ހެވީ ފޯސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ޒަމީރު އެވެ.
މި ކޮންޓްރެކްްޓްގެ އަގަކީ 78،653،152.46 ރުފިޔާއެވެ.
މި މަޝްރޫޢު ދަށުން ކުރުމަށް ހަމަޖެހިފައިވާ މައިގަނޑު މަސައްކަތްތައް:
- 82،080 ކޮޑި މީޓަރު ވެލި އައު ބަނދަރު ފަޅުން ކޮނުން
- 19،600 ކޮޑި މީޓަރު ވެލި އައު ނެރުން އިން ކޮނުން
- 3،900 ކޮޑި މީޓަރު ވެލި މިހާރުގެ ބަނދަރު ފަޅުން ކޮނުން
- 16،000 ކޮޑި މީޓަރު ވެލި މިހާރުގެ ނެރުން ކޮނުން
- 48،850 ކޮޑި މީޓަރު ވެލި ބިން ހިއްކުމަށް ކޮނުން
- 7 މީޓަރުގެ ރިވެޓްމަންޓް ޖެހުން
- 105 މީޓަރުގެ ނެރުފައިކަށި ޖެހުން
- 7 މީޓަރުގެ ބޭރުތޮށި ޖެހުން
- 17 މީޓަރުގެ ބޭރުތޮށި ތިރިކޮށް ޖެހުން
- ޖުމްލަ 188 މީޓަރުގެ ގްރޮއިން ޖެހުން
- 534 މީޓަރުގެ އެއްގަމު ތޮށި ޖެހުން
- 534 މީޓަރުގެ ސްކަވަރިންގ އޭޕްރަން ޖެހުން
- 10 މޫރިންގ ބޮއި ހަރުކުރުން
- 11 މީޓަރު 11 މީޓަރުގެ ރޭމްޕްއެއް ހެދުން
- 6 ނެރު ބައްތި
- 18 ބަނދަރު ބައްތި ޖެހުން
- 2660 އަކަ މީޓަރުގެ ޕޭވްމަންޓް އެޅުން
މި މަސައްކަތް ހަވާލުކުރެވުނީ450 ދުވަހުގެ ތެރޭގައި ނިންމުމަށެވެ.
މި ލިޔުން ކިޔާލުމުން