Monday, November 2
ފުލެޓުގައި ރޯވި ހާދިސާއާ ގުޅިގެން 21 މީހަކަށް ވަގުތީ ބޯހިޔާވަހިކަން ދީފި

ހުޅުމާލޭ ފުރަތަމަ ފިޔަވަހީގައި ހުރި ޗައިނާ ފުލެޓެއްގައި މިއަދު ރޯވެ، ބޮޑެތި ގެއްލުންތަކެއް ލިބުމާއއި ގުޅިގެން 21 މީހަކަށް ވަގުތީ ބޯހިޔާވަހިކަން ދީފިއެވެ.

ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީން މައުލޫމާތު ދިންގޮތުގައި މިއަދުގެ އަލިފާނުގެ ހާދިސާއާއި ގުޅިގެން ދުމާއި ފެނުގެ އަސަރުކޮށްގެންނާއި އަލިފާނުގެ ސަބަބުން އެކިވަރުގެ ގެއްލުން ލިބިގެން ހަތަރު އެޕާޓްމަންޓެއްގައި ދިރިއުޅެމުންދިޔަ21 ފަރާތަކަށް ވަނީ ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފައެވެ.

މިއަދުގެ އަލިފާނުގެ ހާދިސާހިނގި ހުޅުމާލޭ ފޭސް1 ގެ94 ވަނަ ފްލެްގެ3 ވަނަ ފަންގިފިލާގެ ޔުނިެއްގައި އަލިފާނުގެ ހިނގީ މިއަދު ހެނދުނުއެވެ.

އެއީ، 11 ބިދޭސީން ދިރިއުޅޭ އެޕާޓްމަންޓަކަށެވެ. އަލިފާން ރޯވިއިރު އެ ތަނުގައި އެއްވެސް މީހަކު ނެތެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު