Saturday, October 31
މާޅޮހުގައި ނިޔާވި މީހާގެ ޕޯސްޓްމޯޓަމް ހަދަނީ

އއ. މާޅޮސްގައި ޒަޚަމްތަކަކާއެކު ފެނުނު މީހާގެ ޕޯސްޓް މޯޓަމް ހެދުމަށް ފުލުހުން ނިންމައިފިއެވެ.

މާޅޮސް ގެއެއްގައި ނިދާފައި އޮތް މީހަކަށް ބޮޑެތި ޒަޚަމްތަކެއް ދިނުމުގެ ސަބަބުން ޞިއްޙީ މަރުކަޒަށް ގެންގޮސް ފަރުވާދެމުންދާ ކަމަށް ރޭ ދަންވަރު 01:50 ހާއިރު ފުލުހުންނަށް ވަނީ ރިޕޯޓުކޮށްފައެވެ.

އެ މީހާއަށް ފަރުވާ ދެމުން ދަނިކޮށް މިއަދު ފަތިހުގެ ވަގުތެއްގައި ވަނީ ނިޔާވެފައެވެ.

މިގޮތުން ނިޔާވެފައި އޮއްވާ ފެނުނީ އއ. މާޅޮސް، އޯކިޑުމާގެ، ޢަބްދުއްރަޙްމާން އާދަމް (65 އ) އެވެ.

މި މައްސަލައާ ގުޅިގެން ފުލުހުންގެ ތަޙުޤީޤެއް ޓީމެއް ވަނީ އެ ރަށަށް ގޮސްފައެވެ. އަދި ފުލުހުން ދަނީ މާޅޮހަށް އަރައިފައިބާ މީހުން މޮނިޓަރވެސް ކުރަމުންނެވެ.

ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން ތަޙުޤީޤަށް ބޭނުންވާ ތަހުލީލުތައް ހެދުމަށް ޢަބްދުއްރަޙްމާން އާދަމްގެ ހަށިގަނޑު މާލެ ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި، އެ މީހާގެ ހަށިގަނޑުގެ ޕޯސްޓް މޯޓަމް ހެދުމަށް ނިންމާފައިވާ ކަމަށެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު