އާދިއްތަ, November 8
ހައްޖަށް ދާން ދައްކާ ފައިސާއިން ޒަކާތް ދައްކަން ޖެހޭނީ ކޯޕަރޭޝަނުން: ފަތުވާ

ހައްޖަށް ދިއުމަށް، މޯލްޑިވްސް ހައްޖު ކޯޕަރޭޝަނަށް ދައްކާ ފައިސާއިން ޒަކާތް ދައްކަން ޖެހޭނީ އެ ކުންފުނީގެ ފަރާތުން ކަމަށް ކަނޑައަޅައި ފަތުވާ ނެރެފި އެވެ.

ފަތުވާ މަޖިލީހުން އަންގާރަ ދުވަހު ފާސްކުރި "މޯލްޑިވްސް ހައްޖު ކޯޕަރޭޝަން ލިމިޓެޑަށް ހައްޖަށް ދިއުމަށް ދައްކާ ފައިސާއިން ޒަކާތް ދެއްކުމާ ގުޅޭ" ގޮތުން ވަނީ ފަތުވާއެއް ނެރެފައެވެ.

މި ފަތުވާނެރުނީ ހައްޖަށް ދިއުމަށް ހައްޖު ކޯޕަރޭޝަނަށް ދައްކާ ފައިސާއިން ޒަކާތް ދިނުމާ ގުޅޭ ގޮތުން އެ މަޖިލީހުގެ ލަފާ ހޯދުމަށް ހުށަހެޅި މައްސަލައަކާ  ގުޅިގެންނެވެ.

ފަތުވާ ކޮމެޓީން ނެރުނު ފަތުވާގައި ވަނީ މިގޮތަށް ކަނޑައެޅީ ހައްޖު ކޯޕަރޭޝަނުން ފަތުވާ މަޖިލީހަށް ދިން މައުލޫމާތުގެ އަލީގައި ކަމަށެވެ. އަދި ނނިންމާފައި ވަނީ އާންމުން ހައްޖަށް ދާން ހައްޖު ކޯޕަރޭޝަނަށް ދައްކާ ފައިސާއިން ޒަކާތް ދައްކަން ޖެހޭނީ އެ ކުންފުނީގެ ފަރާތުން ކަމަށެވެ.

ހައްޖަށް ދިއުމަށް ބައެއް މީހުން އިންސްޓޯލްމަންޓަށް ވެސް ފައިސާ ދައްކަ އެވެ.އަދި އެއްފަހަރާވެސް ފައިސާދައްކައެވެ.ނަމަވެސް ހައްޖަށް ދިއުމަށް ބޮޑު ކިއުއެއް އޮވެއެވެ.

ހައްޖު ކޯޕަރޭޝަންގެ ފަރާތުން ހައްޖަށް ދިއުމަށް މިހާރު ޖުމްލަ 69،965ރ. ދައްކަން ޖެހެ އެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު