އާދިއްތަ, November 8
ހުޅުމާލޭ ފުލެޓެއްގައި ރޯވެ، ބޮޑެތި ގެއްލުންތަކެއް ވެއްޖެ
ހުޅުމާލޭ ފުރަތަމަ ފިޔަވަހީގައި ހުރި ޗައިނާ ފުލެޓެއްގައި ރޯވެ، އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ. މޯލްޑިވްް ނޭޝަނަލް ޑިފެންސްފޯސް އިން މައުލޫމާތު ދިން ގޮތުގައި ހުޅުމާލޭގެ ފޭސް 1ގެ 94 ނަންބަރު ފްލެޓްގެ 3 ވަނަ ފަންގިފިލާގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން ހަރަކާތްތެރިވެ، އަލިފާން މިހާރު ވަނީ ކޮންޓްރޯލްކޮށްފައެވެ.

ރޯވެފައިވާ ކޮޓަރިތަކުގެ ފޮޓޯތަކުން ފެންނަ ގޮތުގައި ހާދިސާ ހިނގި އެޕާޓްމަންޓްގެ ކޮޓަރިއަށް ވަނީ ބޭނުންނުކުރެވޭ ވަރުގެ ގެއްލުންތައް ވެފައެވެ.

އެމްއެންޑީއެފް އިން މައުލޫމާު ދިންގޮތުގައި 11 ބިދޭސީން ދިރިއުޅޭ އެ އެޕާޓްމަންޓަށް ދުމުގެ އަސަރުކޮށް، ބޮޑެތި ގެއްލުންތަކެއް ވަނީ ވެފައި. ހާދިސާގައި، އެއްވެސް މީހަކަށް އަނިޔާވެފައި ނުވެއެވެ.

މި ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް މިހާތަނަށް އެނގިފައެއް ނުވެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު