Saturday, October 31
ދެ ރަށެއްގެ ހެލްތު ސެނޓަރ އަޅާ ބިން މިނިސްޓްރީ އާއި ހަވާލުކޮށްފި

ހއ.ތަކަންދޫ ހެލްތު ސެންޓަރގެ އެކްސްޓެންޝަން އިމާރާތާއި މުރައިދޫ ހެލްތު ސެންޓަރގެ އެކްސްޓެންޝަން އިމާރާތުގެ މަސައްކަތް ފެށުމަށްޓަކައި ބިން ހަވާލުކޮށްފިއެވެ.

މިކަމަށްޓަކައި ތަކަންދޫގައި ބޭއްވި ރަސްމިއްޔާތެއްގައި މިނިސްޓްރީ އޮފް ހެލްތާއި އެމަސައްކަތުގެ ކޮންޓްރެކްޓަރ ފެނަކަ ކޯޕަރޭޝަން އާއެކު ފަހުމުނާމާއެއްގައި ވަނީ ސޮއިކޮށްފައެެވެ.

އެގޮތުން މި ފަހުމުނާމާގައި ހެލްތު މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓރ އޮފް ސްޓޭޓް ފޯ ހެލްތު އިސްމާއިލް ޝަރީފްއެވެ. ފެނަކާއިގެ ފަރާތުން ސޮއިކުރެއްވީ އެކޮެމްޕަނީގެ ސްޓޭޝަން މެނޭޖަރ މެނޭޖާރ އަބްދުﷲ ރަޝީދެވެ.

މިރަސްމިޔާތުގައި ތަކަންދޫ ކައުންސިލާއި ސިއްޙީ މަރުކަޒުގެ އިސްވެރިން ވަނީ ބައިވެރިވެވަޑައިގެންފައެވެ.

ހދ.މުރައިދޫ ހެލްތު ސެންޓަރގެ އެކްސްޓެންޝަން އިމާރާތުގެ މަސައްކަތް ފެށުމަށްޓަކައި މި ފަހުމުނާމާގައި ހެލްތު މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓރ އޮފް ސްޓޭޓް ފޯ ހެލްތު އިސްމާއިލް ޝަރީފްއެވެ. ފެނަކާއިގެ ފަރާތުން ސޮއިކުރެއްވީ އެކޮމްޕަނީގެ އ. މެނޭޖާރ އަހްމަދު ނިޝާތެވެ.

މިރަސްމިޔާތުގައި މުރައިދޫ ކައުންސިލާއި ސިއްޙީ މަރުކަޒުގެ އިސްވެރިން ވަނީ ބައިވެރިވެވަޑައިގެންފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު