ޕީއެސްއެމްގެ ދިވެހިރާއްޖޭގެ އަޑުން ކުރިއަށްގެންދިޔަ "ބެސްޓް ރޭޑިއޯ ޕްރެޒެންޓަރ ކޮންޕެޓިޝަން 2025"ގެ ފަޚްރުވެރި އެއްވަނަ އާއިޝަތު ފިނާ ފިރާޤު ހޯދައިފިއެވެ. މިއީ މި މުބާރާތުގެ 6 ވަނަ ސީޒަންއެވެ.
ބެސްޓް ރޭޑިއޯ ޕްރެޒެންޓަރ ކޮމްޕެޓިޝަންގެ ފަޚުރުވެރި އެއްވަނަ ހާސިލްކުރި ފިނާއަށް ފައިސާގެ އިނާމާއި ޓްރޮފީ ހަވާލުކޮށްދެއްވީ އެޑްވައިޒަރ ޓު ދަ މިނިސްޓަރ އޮފް ޔޫތު އެމްޕަވަރމަންޓް، އިންފޮމޭޝަން އެންޑް އާޓްސް އަޙްމަދު ނަރީޝްއެވެ.
މުބާރާތުގެ އެކި ވަނަތައް ހާސިލްކުރި ބައިވެރިން
- 2 ވަނަ ލަސަން މުޙައްމަދު
3 ވަނަ ޢަލީ ޖައިޝަން - 4 ވަނަ ޢަލީ ހަސީން
- 5 ވަނަ އައިމިނަތު އީނާސް
މުބާރާތުގެ ޓައިޓަލް ކާމިޔާބުކުރި ފިނާއަށް މުބާރާތުގެ ޓައިޓްލް އެވޯޑުގެ އިތުރުން 25،000 ރުފިޔާގެ ފައިސާގެ އިނާމެއް ވަނީ ދީފައެވެ. އަދި ކޮންޓްރެކްޓް އުސޫލުން އެއް އަހަރު ދުވަހު ދިވެހިރާއްޖޭގެ އަޑުގައި ޕްރެޒެންޓަރެއްގެ ގޮތުގައި މަސައްކަތް ކުރުމުގެ ފުރުޞަތުވެސް ވަނީ ދީފައެވެ.
މުބާރާތުގެ 2 ވަނަ ހާސިލްކުރި ލަޝަންއަށް 20،000 އަދި 3 ވަނަ ހާސިލް ކުރި އަލީ ޖައިޝަންއަށް 15،000 ރުފިޔާގެ ފައިސާގެ އިނާމުގެ އިތުރުން އިތުރު އިނާމްތައްވެސް ދީފައިވެއެވެ.
2016 ވަނަ އަހަރުން ފެށިގެން ޕީ.އެސް.އެމްގެ ދިވެހިރާއްޖޭގެ އަޑުން އިންތިޒާމްކޮށްގެން ކުރިއަށްގެންދާ ބެސްޓް ރޭޑިއޯ ޕްރެޒެންޓަރ މުބާރާތަކީ ރޭޑިއޯ ޕްރެޒެންޓިންގެ ދާއިރާއަށް ހުނަރުވެރި ޒުވާނުން ތަޢާރަފުކޮށް މި ދާއިރާއިން އިތުރަށް ކުރިއަށްދެވޭނެ މަގުފަހިކޮށްދިނުމަށް ބާއްވަމުން އަންނަ މުބާރާތެކެވެ.
މި ލިޔުން ކިޔާލުމުން