ސަލްމާނު މިސްކިތުގައި ޤާއިމުކުރި ޒަމާނީ އިސްލާމީ ކުތުބުޚާނާ ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހީމް ރަސްމީކޮށް ހުޅުއްވައި ދެއްވައިފި އެވެ.
މި ކަމަށްޓަކައި ސަލްމާން މިސްކިތުގެ ތިންވަނަ ފަންގިފިލާގައި ގާއިމު ކުރިވިފައިވާ އިސްލާމީ ކުތުބުޚާނާ ރޭ ހުޅުއްވައިދެއްވުމަށް ފަހު ވަޒީރު ދެއްކެވި ވާހަކަ ފުޅުގައި މާނަވީ ގޮތުން ދިވެހި ޤައުމު ބިނާކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވާ އިސްކަމާއި އެ ގޮތުން މާތްވެގެންވާ އިސްލާމްދީނުގެ ތަރަހައިގެ މަތީގައި ޒުވާން ޖީލު ބިނާކުރުމުގައި މި ފަދަ އިސްލާމީ ކުތުބުޚާނާތަކުގެ އަހަންމިއްޔަތުގެ މައްޗަށް ބައްލަވައިލެއްވިއެވެ. ޒުވާނުންނަށް އިޝާރަތް ކުރައްވައި ވަޒީރު ވިދާޅުވީ ގޮތްހުރި ފޮތްތެރި މީހަކަށް ވުމުގެ މުހިންމުކަމާއި އެ ކަމަށްޓަކައި ކުތުބުޚާނާތަކުން ޢިލްމާއި ސުލޫކު ލިބިގަތުމަށެވެ.

މި ރަސްމިއްޔާތުގައި އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ ރާއްޖޭގެ އެކި ކަންކޮޅު ތަކުގައި އިސްލާމީ ކުތުބުޚާނާތައް ބިނާކުރެއްވުމަކީ ރައީސް ޑރ.މުޙައްމަދު މުޢިއްޒު ގެ ރިޔާސީ ވަޢުދު ފުޅެއް ކަމަށާއި މިރޭ ސަލްމާން މިސްކިތުގައި ހުޅުވިގެން މިދާ އިސްލާމީ ކުތުބުޚާނާގެ އިތުރަށް، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބިނާކުރެވިފައިވާ އިސްލާމީ މަރުކަޒުތަކުގައި މި އަހަރު ނިމުމުގެ ކުރިން އިސްލާމީ ކުތުބުޚާނާތައް ހުޅުއްވާނޭ ކަމަށެވެ.
މިރޭގެ ރަސްމިއްޔާތުގައި އިސްލާމީ ކުތުބުޚާނާ އަލުން ވުޖޫދު ކުރުމުގައި އެކިއެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެއްވި ފަރާތްތަކަށް އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން އެކަމުގެ އަގު ވަޒަންކުރައްވައި ހަނދާނީ ލިޔުން ވަނީދެއްވައިފައެވެ. އެ ފަރާތްތަކަށް މި ލިޔުން ހަވާލު ކޮށްދެއްވީ ބަހާއިބެހޭ ވަޒީރު އާދަމް ނަޞީރު އިބުރާހީމެވެ.
މި ރަސްމިއްޔާތުގައި ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ވައިސް ޗާންސެލަރ ޑރ.ޢަލީ ޒާހިރާއި އިސްލާމީ މަރުކަޒުގެ އިސް އިމާމު، އައްޝައިޚް މުޙައްމަދު ލަޠީފާއި ދީނީ ބައެއް ޢިލްމުވެރީންނާއި ދިވެހި ބަހުގެ ބައެއް އަދީބުން ބައިވެރިވެވަޑައިގަތެވެ.
މިއަދަކީ ދިވެހިރާއްޖޭގައި ރަސްމީކޮށް ކުތުބުޚާނާއެއް ހިންގަން ފެށުނުތާ 80 އަހަރުވީ، ދިވެހިރާއްޖޭގެ ކުތުބުޚާނާ ދުވަހެވެ.
ދައުލަތުގެ ކުތުބުޚާނާގެ ނަމުގައި ރާއްޖޭގެ ޤައުމީ ކުތުބުޚާނާ ވުޖޫދަށް އައިސްފައިވަނީ
1945ވަނަ އަހަރުއެވެ. ހިޖުރީ ގޮތުން އެއީ 1368ވަނަ އަހަރުގެ ޝަޢުބާން މަހު 1ވަނަ ދުވަހެވެ
މި ލިޔުން ކިޔާލުމުން