ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި ޖޫން މަހުގެ ނިޔަލަށް 14000އަށް ވުރެ ގިނަ މީހުން ރަޖިސްޓްރީވެފައިވާކަމަށް ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ، އެންސްޕާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. މީގެ ތެރޭގައި ގިނައީ ޖިސްމާނީ ނުކުޅެދުންތެރިކަން ހުންނަ މީހުންކަމަށް އެންސްޕާއިން ވިދާޅުވިއެވެ.
އެންސްޕާއިން ހިއްސާކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު މި އަހަރުގެ ޖޫންމަހުގެ ނިޔަލަށް ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި 14412 މީހުން ވަނީ ރަޖިސްޓްރީވެފައެވެ. މީގެ ތެރޭގައި 8 ގިއްތިއެއް ހިމެނެއެވެ. އޭގެ ތެރޭގައި އެންމެ ގިނައީ ޖިސްމާނީ ނުކުޅެދުންތެރިކަން ހުރެގެން ރަޖިސްޓްރީކޮށްފައިވާ މީހުންނެވެ.ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ)އިން މިދިޔަ މަހު ތެރަޕިއުޓިކް ފަރުވާތަކަށް ހަތަރު މިލިއަން, އަދި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް 51 މިލިއަން ރުފިޔާ އެހީގެ ގޮތުގައި ހޭދަކޮށްފައިވާކަމަށް ވެސް ތަފާސް ހިސާބުތަކުން ދައްކައެވެ.ޖޫން 2025 ގެ ނިޔަލަށް ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކުގެ ނުކުޅެދުންތެރިކަމުގެ ގިންތި ޖޫން 2025 pic.twitter.com/lgQRNBzbAm
— NSPA (@NSPAmaldives) July 11, 2025
އިތުރު ތަފާސްހިސާބުތަކަށް ބަލާއިރު، އެންސްޕާއިން ބަލަހައްޓާ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި މިދިޔަ މަހު އަލަށް ދަފްތަރުވި 125 މީހުން ވަނީ ރަޖިސްޓްރީވެފައެވެ.
އެއީ:
- ޖިސްމާނީ ނުުކުޅެދުންތެރިކަން: 4،117 މީހުން
- މަލްޓިޕަލް ޑިސްއެބިލިޓީ: 3،224 މީހުން
- ވިސްނުން/ ސިކުނޑީގެ ނުކުޅެދުންތެރިކަން: 1،889 މީހުން
- ނަފްސާނީ ނުކުޅެދުންތެރިކަން: 1،793 މީހުން
- އަޑުއިވުމާއި ވާހަކަދެއްކުމުގެ ނުކުޅެދުންތެރިކަން: 1،745 މީހުން
- ފެނުމުގެ ނުކުޅެދުންތެރިކަން: 1003 މީހުން
- އޯޓިޒަމް: 586 މީހުން
- އުނގެނުމުގެ ނުކުޅެދުންތެރިކަން: 55 މީހުން
ޖުމްލަ 14،236 މީހަަކަށް މިދިޔަ މަހު، މާލީ އެހީގެ ގޮތުގައި 51،251،000 ރުފިޔާ ޚަރަދުކުރިއެވެ.
މީގެ އިތުރުން ފަޤީރު ހާލަތުގައި ދިރިއުޅޭ އެކަނި ދަރިން ބަލަހައްޓާ މައިން ނުވަތަ ބަފައިންގެ ޕްރޮގްރާމްގައި ހިމެނިފައިވާ ފަރާތްތަކަށް ދެވޭ މާލީ އެހީ ވެސް ޖޫން 2025 ގެ ނިޔަލަށް ވަނީ އާއްމުކޮށްފައެވެ.ޖޫން 2025 ގެ ނިޔަލަށް ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކުގެ އަދަދު . ޖޫން 2025 pic.twitter.com/f07gTHSAE7
— NSPA (@NSPAmaldives) July 11, 2025
ފަޤީރު ހާލަތުގައި ދިރިއުޅޭ އެކަނި ދަރިން ބަލަހައްޓާ މައިން ނުވަތަ ބަފައިންގެ ޕްރޮގްރާމްގައި ހިމެނިފައިވާ ފަރާތްތަކަށް ދެވޭ މާލީ އެހީ ޖޫން 2025 pic.twitter.com/xWOhGKiJve
— NSPA (@NSPAmaldives) July 10, 2025
އޭގެ ތެރޭގައި ހިމެނެނީ:
- ޖުމުލަ މާލީ އެހީ ލިބޭ މައިން/ ބަފައިނ ް:2905 މީހުން
- އަލަށް ރަޖިސްޓްރީ ކުރެވުނު މައިންބަފައިން: 38 މީހުން
- އަލަށް ރަޖިސްޓްރީ ކުރެވުނު ކުޑަކުދިން: 84 ކުދިން
- މާލީ އެހީ ލިބޭ ކުޑަކުދިންގެ އަދަދު: 4972 ކުދިން
- މާލީ އެހީގެ ޚަރަދު: 4974000 ރުފިޔާ
އެގޮޮތުން:
- މާލީ އެހީ: 697 މީހަކަށް ދެއެވެ.
- މާލީ އެހީގެ ގޮތުގައި ޖުމުލަ25600 ރުފިޔާ ވަނީ ދީފައެވެ.






