މި އަހަރުގެ ފުރަތަމަ ހަ މަހު ދައުލަތަށް ލިބުނު އާމްދަނީ ފާއިތުވި އަހަރުގެ އެ މުއްދަތުގައި ލިބުނު އާމްދަނީއަށްވުރެ 13.3 އިންސައްތަ އިތުރުވެ، ޖުމްލަ 16.7 ބިލިއަން ރުފިޔާ މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ ހިސާބުތަކުން ހާމަވެއްޖެއެވެ.
މީރާއިން އާއްމުކުރި ހިސާބުތަކަށް ބަލާއިރު ޖަނަވަރީ އެއްވަނަ ދުވަހުން ފެށިގެން ޖޫން މަހުގެ ނިޔަލަށް ޓެކުހުގެ އާމްދަނީގެ ގޮތުގައި 13.4 ބިލިއަން ރުފިޔާ މި އަހަރު ލިބުނެވެ. ނިމުނު އަހަރު ޓެކުހުގެ އާމްދަނީގެ ގޮތުގައި ލިބުނީ 12.5 ބިލިއަން ރުފިޔާއެވެ. އެހެންކަމުން ޓެކުހުގެ ގޮތުގައި ލިބުނު އާމްދަނީ ނިމުނު އަހަރާ އަޅާބަލާއިރު މި އަހަރުގެ އެ މުއްދަތުގައި 7.4 އިންސައްތަ އިތުރުވެފައިވެއެވެ.
ޓެކުސް ނޫން ގޮތްގޮތުން ލިބުނު އާމްދަނީއަށް ބަލާއިރު ނިމުނު އަހަރު ލިބުނީ 2.2 ބިލިއަން ރުފިޔާއެވެ. މި އަހަރު ޓެކުސް ނޫން ގޮތްގޮތުން ޖުމްލަ 3.2 ބިލިއަން ރުފިޔާ ލިބިފައިވެއެވެ. އެހެންކަމުން މި އަހަރު ލިބުނު އާމްދަނީ ނިމުނު އަހަރަށްވުރެ 46.6 އިންސައްތަ އިތުރުވެފައިވެއެވެ.
ޓެކުހުގެ ގޮތުގައި ޑޮލަރުން ލިބުނު އާމްދަނީއަށް ބަލާއިރ 2024 ވަނަ އަހަރުގެ ފުރަތަމަ ހަ މަހުގައި ލިބުނީ 460 މިލިއަން ޑޮލަރެވެ. މި އަހަރު އެ އަދަދުވަނީ 607 މިލިއަން ޑޮލަރަށް އިތުރުވެފައެވެ. އެއީ ނިމުނު އަހަރާ އަޅާބަލާއިރު 31.9 އިންސައްތައިގެ އިތުރުވުމެކެވެ.
މި ލިޔުން ކިޔާލުމުން