އާދިއްތަ, November 8
ޑރ. އިބްރާހިމް މުޞްޠަފާގެ އާއިލާއަށް ރައީސްގެ ތަޢުޒިޔާ

ޑރ. އިބްރާހިމް މުޞްޠަފާ އަވަހާރަވުމާއި ގުޅޮގެން އ މަރުހޫމްގެ އާއިލާއަށް ރައީސް ތަޢުޒިޔާ ވިދާޅުވެއްޖެއެވެ.

‏އިބްރާހިމް މުޞްޠަފާ އަކީ ތަޢުލީމީ ގޮތުން މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމު 2012 ވަނަ އަހަރު ހާސިލުކުރައްވައިފައިވާ ބޭފުޅެކެވެ.

އަދި ޞިއްޙީ ދާއިރާ ކުރިއެރުވުމަށާއި ދިރާސާތައް ކުރެއްވުމުގައި، ރާއްޖެއާއި ރާއްޖެއިންބޭރުގެ ބައެއް ޤައުމު ތަކުގައިވެސް މުހިންމު ޚިދުމަތްތަކެއް ކޮށްދެއްވައިފައިވާ ބޭފުޅެކެވެ.

ޑޮކްޓަރ އިބްރާހީމް މުޞްޠަފާ އަވަހާރަވުމުގެ ހިތާމައިގައި، މަރުޙޫމްގެ ޢާއިލާއަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ތަޢުޒިޔާ ވިދާޅުވެފަ އެވެ.

‏އެކްސްގައި އެމަނިކުފާނު ކުރެއްވި ޕޯސްޓްގައި މަރުޙޫމް އިބްރާހީމް މުޞްޠަފާގެ ފުރާނައަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް، މާތްﷲ މިންވަރު ކުރެއްވުން އެދި ދުޢާ ކުރައްވާފައިވެ އެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު