ރާއްޖޭގައި ބާއްވާ ފުރަތަމަ އިންޓަރނޭޝަނަލް ޑެންޓަރލް ކޮންފަރެންސް ފަށައިފިއެވެ.
"ހިނިތުން 2025"ގެ ނަމުގައި ފެށި މި ކޮންފަރެންސް، ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަބަލުން ސާޖިދާ މުޙައްމަދުއެވެ.
First Lady @sajidhaamohamed arrives in Villa Nautica for “Hinithun 2025”, the first ever International Dental Conference to be held in the Maldives. The Conference brings together experts across the globe to share best practices of the field. Upon arrival, the First Lady was… pic.twitter.com/g54EbT8vnt
— The President's Office (@presidencymv) July 11, 2025
މި ކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތުގައި ސިއްޙީ ވަޒީރު އަބްދުﷲ ނާޒިމް އިބްރާހީމް، މާލޭ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާޙިމް ޢަބްދުއް ރައްޒާޤް ޙަލީމްއާއި ދާއިރާގެ އެކްސްޕަރޓުން ބައިވެރިވިއެވެ.
ކޮންރެންސް އިންތިޒާމުކުރާ އައިޖީއެމް ހޮސްޕިޓަލްގެ، ޗެއަރޕަރސަން އެންޑް ހެޑް އޮފް ޑެންޓިސްޓްރީ އެންޑް އޯރޯފޭޝަލް ސަރޖަރީ ޑރ. ނަދީމާ ރަޝީދު ވިދާޅުވީ، ކޮންމެފަރެންސްގެ އެންމެ ބޮޑު އެއް ބޭނުމަކީ ދާއިރާގެ މެދުގައި ގުޅުން ބަދަހިވެ، އެންމެ ޒަމާނީ ބަދަލުތަކަށް ޚިދުމަތްތެރިން އަހުލުވެރިކުރުންކަމަށެވެ. މި ކޮންފަރެންސްގައި ބޭރުގެ 12 އެކްސްޕަރޓުން ކީ ނޯޓް ސްޕީކަރުންގެ ގޮތުގައި ބައިވެރިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ރާއްޖޭގައި ދަތުގެ ފަރުވާއާ ގުޅޭ ޚިދުމަތްތައް ފެށިގެންދިޔައީ 1975 ވަނަ އަހަރުއެވެ. އިންޓަރނޭޝަނަލް ޑެންޓަލް ކޮންފަރެންސްއަކީ ރާއްޖޭގައި ދަތުގެ ފަރުވާ ފެށިތާ 50 އަހަރު ފުރުމުގެ މުނާސަބާއާ ގުޅުވައިގެން ކުރިއަށްގެންދާ ކޮންފަރެންސްއެކެވެ. މި ކޮންފަރެންސްގައި މާލޭ ގްރޫޕްސް އޮފް ހޮސްޕިޓަލްސްގެ ދަށުން ހިންގާ އައިޖީއެމްއެޗް، ދަރުމަވަންތަ ހޮސްޕިޓަލް، ވިލިމާލެ ހޮސްޕިޓަލް، ހުޅުމާލެ ހޮސްޕިޓަލް އަދި ދަތުގެ ފަރުވާ ދޭ އަމިއްލަ ކްލިނިކްތަކާ ޕްރޮފެޝަނަލުން ބައިވެރިވެއެވެ.
މި ލިޔުން ކިޔާލުމުން