އާދިއްތަ, November 8
މުސްތަގުބަލު ބައްޓަންކުރުމަށް ތައްޔާރުވެފައިވާ ޒުވާނުން ބިނާކުރުމުގައި މި ސަރުކާރު ދެމިއޮންނާނެ: ރައީސް
މުސްތަގުބަލު ބައްޓަންކުރުމަށް ތައްޔާރުވެފައިވާ ޒުވާނުން ބިނާކުރުމުގެ މަސައްކަތުގައި މި ސަރުކާރު ދެމިއޮންނާނެ  ކަމަށް ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ މިއަދު ފާހަގަކުރާ ބައިނަލްގުވާމީ އާބާދީ ދުވަހާ ގުޅިގެން އެކްސްގައި ރައީސް މިއަދު ކުރެއްވި ޕޯސްޓެއްގައެވެ. ރައީސް ވިދާޅުވީ ދުވަސްވީ މީހުންނާއެކު ވެސް ގޮންޖެހުންތައް ބަލައިގަނެ، މުސްތަގުބަލު ބައްޓަންކުރުމަށް ތައްޔާރުވެފައިވާ ޒުވާނުން ބިނާކުރުމަށް އިސްކަންދީ، އެ މަސައްކަތުގައި މި ސަރުކާރު ދެމިއޮންނާނެ ކަމަށެވެ. އެކްސްގައި ރައީސް މިއަދު ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ އެންމެނަށް ހަމަހަމަ ފުރުސަތާއި ދުޅަހެޔޮކަން ކަށަވަރުކުރުމުގެ މުހިންމުކަމާ މެދު ވިސްނާން ޖެހޭ ކަމަށާއި 2062 ވަނަ އަހަރު އަންނަ އިރު، ރާއްޖޭގެ އާބާދީގެ ފަސްބައިކުޅަ އެއްބައި މީހުންނަކީ 65 އަހަރުން މަތީގެ މީހުން ކަމަށް ހިސާބުތަކުން ދައްކާ ކަމަށެވެ. "މިކަމުގެ އަލީގައި މި ސަރުކާރަކީ އުމުރުން ދުވަސްވީ މީހުންނާއެކު ގޮންޖެހުންތައް ވެސް ބަލައިގަނެ، މުސްތަގުބަލު ބައްޓަންކުރުމަށް ތައްޔާރުވެފައިވާ ޒުވާނުން ބިނާކުރުމުގެ މަސައްކަތުގައި ދެމިއޮންނާނެ ސަރުކާރެއް،" އެ މަނިކުފާނު ވިދާޅުވިއެވެ. ރައީސް ވިދާޅުވީ ސިއްހީ ނިޒާމު ތަރައްގީކުރުމާއި ތައުލީމުގެ ފެންވަރު ރަނގަޅުކުރުމާއި އެކަށީގެންވާ ބޯހިޔާވަހިކަން ފޯރުކޮށްދިނުމާއި ދިވެހި ރައްޔިތުންގެ އިޖުތިމާއީ އަދި އިގުތިސާދީ ދުޅަހެޔޮކަން ރައްކާތެރިކުރުމަށް މި ސަރުކާރުން މަސައްކަތްކުރާނެ ކަމަށެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު