އާދިއްތަ, November 8
އެންސިސްގެ ގުދަނުގައި ރޯވި އަލިފާން، ކޮންޓްރޯލުކޮށްފި
ހުޅުމާލޭގައި ހުންނަ އެންސިސްގެ ގުދަނުގައި ރޯވި އަލިފާން ކޮންޓްރޯލްކޮށްފިއެވެ. އެމްއެންޑީއެފުން މިރޭ ބުނީ ހުޅުމާލޭގައި ހުޅުމާލޭ ފޭސް އެކެއްގައި ހުންނަ އެންސިސްގެ ގުދަނުގައި އަލިފާން ރޯވިކަމުގެ ރިޕޯޓު ލިބިފައިވަނީ މިރޭ 6:48 ހާއިރު ކަމަށެވެ.

އެމއެންޑީއެފް އިން ބުނީ ފަޔަ އެންޑް ރެސްކިއު ޓީމުން އެ ސީންއަށް އެޓެންޑުވިއިރު، އަލިފާންގަނޑުވަނީ ވަރަށް ބޮޑަށް ރޯވެފައިކަމަށެވެ. އެއާއެކު މާލޭގެ ފަޔާ ސްޓޭޝަނުން ވެސް ވަނީ އެހީތެރިކަން ހޯދައިފައެވެ.

އަދި މިހާތަނަށް އައިއިރު އެއްވެސް މީހަކަށް މި ހާދިސާގައި އަނިޔާއެއް ލިބުނު ކަމުގެ މައުލޫމާތެއް ލިބިފައިނުވެއެވެ.

އަލިފާން ކޮންޓްރޯލުކުރުމަށް ގިނަ ވަގުތުތަކެއް ހޭދަވިއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު