އާދިއްތަ, November 1
އިސްލާމީ މަރުކަޒުގެ ފުރާޅުން ފެން ލީކުވާ މައްސަލަ ހައްލު ކުރަނީ
މަސްޖިދުއްސުލްތާން މުހައްމަދު ތަކުރުފާނުލް އައުޒަމް (އިސްލާމީ މަރުކަޒު)ގެ ފުރާޅުން ފެންލީކުވާ މައްސަލަ ހައްލު ކުރަން، އެންމެ މަތީ ދަރަޖައިގައި މަސައްކަތް ކުރައްވާނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު  ވިދާޅުވެއްޖެއެވެ. ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގަިއ މިނިސްޓަރ ވިދާޅުވީ އިސްލާމީ މަރުކަޒުގެ ޓިނު ބަދަލުކުރީ މި ދިޔަ އަހަރު ކަމަށާއި ޖަހާފައިވަނީ އެސްޓީއޯގެ ޓިނު ކަމަށެވެ. އެތަނުގެ މަސައްކަތްކޮށްފައިވަނީ އެމްޓީސީސީ އިން ކަމަށާއި ރޭ މަރުކަޒަށް ވާރޭ ވެހުމާ ގުޅިގެން ހުރި ކަންބޮޑުވުންތަން ބަލައިގަންނަކަމަށެވެ. މައްސަލަ ހައްލުކުރަން ކަމާގުޅޭ ޓީމްތައް މަސައްކަތްކުރަމުންދާ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ. ''އޭގެ ކުރިން ހުރި ޓިނު ބަދަލުކުރީ ވެސް އެތެރެއަށް ވާރޭ ވެހޭތީވެ، 40 އަހަރު ވެފައިވާ ޤައުމީ މި ބިނާ ދިމާވެފައިވާ މި މައްސަލަ ހައްލުކުރަން މިނިސްޓްރީ އިން އެންމެ މަތީ ދަރަޖައިގައި މަސައްކަތްކުރާނެކަމުގެ ފުރިހަމަ ޔަޤީންކަން އަރުވަން'' މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވިއެވެ. އިސްލާމީ މަރުކަޒުގެ ފުރާޅުން ފެން ލީކުވާ ދިމަދިމާލުގައި ބާލިދީތައް ބަހައްޓައިފައެވެ. މި މައްސަލަ ސަމާލު ކަމަށް އައުމާއެކު ސޯޝަލް މީޑިއާގައި މީހުންވަނީ ކަންބޮޑުވުން ފާޅުކުރަން ފަށައިފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު