އާދިއްތަ, November 8
ގދ. ގަމަށް ޑިންގީ އެއްގައި ދިޔަ އުމުރުން ދުވަސްވީ މީހަކު ގެއްލިގެން ހޯދަނީ
ގދ. ގައްދޫ ކައިރީގައި އޮންނަ ފަޅުރަށެއް ކަމަށްވާ ގަމަށް ދިޔަ އުމުރުން ދުވަސްވީ މީހަކު ގެއްލިގެން ހޯދަން ފަށައިފިއެވެ. ފުލުހުން މީޑިއާތަކަށް ފޮނުވި މުސެޖެއްގައި ބުނީ މިއަދު ހެނދުނު ގަމަށް ދިޔަ އުމުރުން 75 އަހަރުގެ މީހަކު އެނބުރި ރަށަށް އައިސްފައިނުވާ ކަމަށާއި އޭނާ ގެއްލުނުކަމުގެ ރިޕޯޓް ލިބުމާއެކު ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އެމީހާ ގެއްލިގެން ރިޕޯޓްކޮށްފައިވަނީ މިއަދު ހަވީރެވެ. "10 ޖުލައި 2025 ވަނަ ދުވަހު 9:30 ހާއިރު ގދ. ގަމަށް ދިޔަ އުމުރުން 75 އަހަރުގެ ދިވެހި ފިިރިހެނަކު އެނބުރި ރަށަށް އައިސްފައިނުވާތީ އަދި ފޯނަށް ނުގުޅޭ މައްސަލައިގައި މިއަދު 17:05ހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވޭ." ފުލުހުން ވިދާޅުވިއެވެ.

ފުލުހުން ބުނި ގޮތުގައި މިހާތަނަށް ބެލި ބެލުމުން ހެނދުނު 11:15 ހާއިރު އެ މީހާ ގަމުން ފުރާފައިވާ ކަމުގެ މަޢުލޫމާތު ލިބިފައިވާ ކަމަށެވެ.

އެ މީހާ އެންމެ ފަހުން ލައިގެން ހުރީ ނޫ ކުލަައިގެ އަތްކުރު ގަމީހަކާއި ކަޅު ކުލައިގެ ސޯޓެއް ކަަމަށް ވެސް ފުލުހުން ބުންޏެވެ.

ގެއްލުނު މީހާ ހޯދުމަށް ސިފައިން ދަނީ ކޯސްޓްގާޑުގައި އެ ސަރަޙައްދު ބަލަމުން ކަމަށާ އަދި ގަމާއި ކައިރި ފަޅުރަށްތައް ވެސް ބަލަމުންދާ ކަމަށް ބުންޏެވެ.

ފުލުހުން ގެންދަނީ މިމައްސަލައާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންނެވެ.  

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު