އާދިއްތަ, November 8
ކ. އަތޮޅުން ފެށިގެން ލ އަތޮޅަށް ރީނދޫ އެލާރޓް ނެރެފި
މާލެ އަތޮޅުން ފެށިގެން ލ އަތޮޅާއި ހަމައަށް ރީނދޫ އެލާޓް ނެރެފިއެވެ. ރީނދޫ އެލާރޓް ނެރެފައިވަނީ މިރޭ19:30 އިން ފެށިގެން މިރޭ23:30 އާއި ހަމައަށެވެ. މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ލަފާކުރާ ގޮތުގައި ބޯކޮށް ވާރޭވެހި ގުރުގުރުންވެސް އެކަށީގެންވެއެވެ. މީގެ އިތުރުން ވިލާގަނޑުގައި ގަޑިއަކު45 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކޮށްފައިވެއެވެ.   މޫސުމާއި ބެހޭ އިދާރާއިން ލަފާކުރާ ގޮތުގައި ކުރިއަށް އޮތް ހަފްތާ ބަންދުގައި ރާއްޖޭގެ ބޮޑު ސަރަހައްދަކަށް މޫސުން ގޯސްވާނެއެވެ. މިއަދު މެންދުރުން ފެށިގެން ހަވީރު މާލޭ އަށް ވަރަށް ބޯކޮށް ވާރޭ ވެހުނެއެވެ. އަދި އެ ވާރޭގައި މާލޭގެ ބޮޑުބައެއްގައި ފެންވެސް ބޮޑުވެ ސިފައިން ފެން ހިންދުމުގައިވެސް ހަރަކާތްތެރިވިއެވެ.  

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު