އާދިއްތަ, November 8
ހުޅުމާލޭގެ ގުދަނެއްގައި އަލިފާންރޯވެ ސިފައިންނާއި ފުލުހުން ހަރަކާތްތެރިވަނީ
ހުޅުމާލެ އިންޑަސްޓްރިއަލް ޒޯނުގައި ހުރި ގުދަނެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އެމްއެންޑީއެފް އަދި ފުލުހުން ހަރަކާތްތެރިވާން ފަށައިފިއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އަލިފާނުގެ ހާދިސާ ހިނގައިގެން އުޅެނީ އެންސިސްގެ ފެކްޓަރީއެއްގައެވެ. އެ ސަރަހައްދު މިހާރު އޮތީ ވަރަށް ބޮޑަށް ދުމުން ކަޅުވެފައެވެ. މިއަދަކީ ވިއްސާރަ އަދި ބަނަ ރެއެއް ނަމަވެސް ކަޅު ދުމާއި ހެދި މުޅި ސަރަހައްދު ވަނީ ދުމުން ފުރިފައެވެ. އެ ސަރަހައްދުގައި ހުރި ސިފްކޯ އަދި ޕޮލިސް ފްލެޓްތަކަށް ވެސް ވަނީ ދުމުގެ އަސަރުކޮށްފައެވެ. އެ ސަރަހައްދަށް އާއްމުން ނުދިއުމަށް ފުލުހުން ދަނީ އާއްމުންނަށް ނަސޭހައްތެރިވަމުންނެވެ. ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީންވެސް ދަނީ އަލިފާނުގެ ހާދިސާގެ ކަންކަން ބަލަމުންނެވެ. އަލިފާނުގެ ހާދިސާގެ ސަބަބުން ދުމުގެ އަސަރު ވަރަށް ބޮޑަށް ކުރަމުންދާތީ ރައްކާތެރިނުވުމުން މީޑިއާތަކަށް ވެސް އެސަރަހައްދުން ދުރަށް ދިއުމަށް ކަމާއި ބެހޭ ފަރާތްތަކުން ދަނީ ނަސޭހަތްތެރިވަމުންނެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު