އާދިއްތަ, November 8
ތިނަދޫ އެކްސިޑެންޓްގައި އަނިޔާވި އަންހެން މީހާ މަރުވެއްޖެ

މިދިޔަ އޭޕްރީލް މަހު ތިނަދޫ ސިޓީގައި ހިނގި ނުރައްކާތެރި އެކްސިޑެންޓްގައި އަނިޔާވީ އަންހެން މީހާ ނިޔާވެއްޖެ އެވެ.

އެކްސިޑެންޓްވީ ސައިކަލަކާއި ކާރެއް ޖެހި އެވެ. އޭޕްރީލް 27 ވަނަ ދުވަހު ހިނގި އެކްސިޑެންޓްގައި އެންމެ ބޮޑަށް އަނިޔާވީ އުމުރުން 31 އަހަރުގެ އަންހެނަކަށެވެ. ފުރަތަމަ ފަރުވާ ދިނީ ތިނަދޫގައި ހުންނަ ޑރ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލްގަ އެވެ.

އޭގެ ފަހުން މާލެ ގެނެސް އައިޖީއެމްއެޗްގައި ދިޔައީ ފަރުވާ ދެމުންނެވެ.

އެކްސިޑެންޓްގައި ލިބުނު އަނިިޔާތަކާއި ގުޅިގެން ބޮޑު އޮޕަރޭޝަނެއް ކުރި ނަމަވެސް ފަހުން އިންފެކްޓްވެ ހާލަތު ގޮސްވީ އެވެ. އަދި ވެންޓިލޭޓަރުގައި ފަރުވާ ދެމުން ދަނިކޮށް އަންހެން މީހާ ވަނީ ނިޔާވެފަ އެވެ.

ކާރު ދުއްވި މީހާ ހައްޔަރެއް ނުކުރެ އެވެ. ފުލުހުން ބުނީ މައްސަލަ ތަހުޤީޤު ކުރަމުންދާ ކަމަށެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު