އާދިއްތަ, November 8
މެޑަމް ސާޖިދާ ރަސްމީ ދަތުރުފުޅެއްގައި އައްޑޫއަށް ވަޑައިގެންފި

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ރަސްމީ ދަތުރުފުޅެއްގައި އައްޑޫ ސިޓީ އަށް ވަޑައިގެންފި އެވެ.

އެކަމަނާ އެ ސިޓީއަށް ވަޑައިގެންނެވީ އައްޑޫ ސިޓީ ފޭދޫ ސިއްޙީ މަރުކަޒުގެ 43 އަހަރީ ދުވަސް ފާހަގަ ކުރުމުގެ ޚާއްސަ ޙަފުލާ ޝަރަފުވެރިކޮށް ދެއްވުމަށެވެ.

ފަސްޓް ލޭޑީ ސާޖިދާ މުޙައްމަދު އައްޑޫ ސިޓީއަށް ވަޑައިގެންނެވުމުން އެ ސިޓީގެ ގިނަ އަދަދެއްގެ އަންހެނުން ވަނީ އެއާޕޯޓުން އެކަމަނާއަށް މަރުޙަބާ ދަންނަވާފަ އެވެ. އެކަމަނާ ވަނީ މަރުޙަބާ ދެންނެވުމަށް ޖަމާވި މީހުންނާއި ސަލާމް ކުރައްވާފަ އެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ދާދި ފަހުން ވަނީ ރަސްމީ ދަތުރުފުޅެއްގައި ކުޅުދުއްފުށި ސިޓީއަށް ވެސް ވަޑައިގެންފަ އެވެ. އެ ސިޓީއަށް ވެސް ވަޑައިގެންނެވީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ 43 ވަނަ އަހަރީ ދުވަހުގެ ޖަލްސާ ޝަރަފުވެރިކޮށްދެއްވުމަށެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު