އާދިއްތަ, November 8
އެސްއޯއީތަކުގެ އުސޫލަށް ބަދަލުތަކެއް ގެނެސްފި

ސަރުކާރު ހިއްސާވާ ކުންފުނިތަކަށް އައްޔަން ކުރެވޭ ސަރުކާރު ތަމްސީލް ކުރާ ޑިރެކްޓަރުންގެ ޤާބިލްކަން ކަށަވަރުކުރުމަށް އުސޫލަށް ހަރުދަނާ ބަދަލުތަކެއް ޕްރައިވެޓައިޒޭޝަން ކޯޕްރަޓައިޒޭޝަން ބޯޑު، ޕީސީބީއިން ގެންނަވައިފިއެވެ.

ޕީސީބީން ނެރެފައިވާ ސަރކިއުލަރއެއްގައި ވިދާޅުވީ، ދައުލަތުގެ ވިޔަފާރި ކުންފުނިތަކުގެ މަސައްކަތް ބެލެހެއްޓުމާއި ގުޅޭ ޤާނޫނުގެ ދަށުން، ކުންފުނިތަކަށް ސަރުކާރު ތަމްސީލް ކުރާ މީހުން އައްޔަން ކުރުމާއި ވަކިކުރުމުގެ އުސޫލު އިތުރަށް ހަރުދަނާ ކުރުމަށް އިސްލާހުތަކެއް ގެނެސްފައިވާ ކަމަށެވެ. މި އުސޫލަށް ގެނައި އިސްލާހުގެ ބޭނުމަކީ ކުންފުނިތަކަށް އައްޔަން ކުރެވޭ ފަރާތްތަކަކީ އެންމެ އެކަށީގެންވާ ޤާބިލް ފަރާތްތައް ކަށަވަރުކުރުން ކަމަށް ޕީސީބީން ވިދާޅުވެއެވެ. އުސޫލަށް ގެނައި މައިގަނޑު އިސްލާހަކީ މިމަޤާމުތަކަށް އައްޔަން ކުރެވޭ މީހުން ތަޢުލީމާއި ތަޖުރިބާއަށް ބެލުމަށް ލާޒިމް ކަމެއްގެ ގޮތުގައި ކަނޑައެޅުމަށެވެ. މިހާރު އުސޫލުގައިވާ އޮންނަ ގޮތުން، ބޯޑަށް އައްޔަން ކުރެވޭ މީހަކީ ކުންފުނިން ކުރާ ވިޔަފާރި ތަރައްޤީކުރުމަށާއި ކުންފުނިން ކުރާ ކަންތައްތައް ރާވައި ހިންގުމުގައި އެ ވަގުތަކަށާއި ދުރު މުސްތަޤުބަލަށް އަމާޒުކޮށްގެން ކަންތައްތައް ރާވައި ބައްޓަން ކުރުމުގައި ހިއްސާ ކުރެވޭނެ މީހަކު ކަމުގައިވާން ޖެހެއެވެ. އަދި ޕީސީބީން ކުރިއަށް ގެންދާ އިންޓަވިއުންއިން އެމީހަކު 60 އިންސައްތަ މާކްސް ހޯދަން ޖެހެއެވެ. އަލަށް ގެނައި އިސްލާހުގައި މި ދެބައި ވަނީ އެއްކޮއްލާފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު