އާދިއްތަ, November 8
އާ ޓާމިނަލްގެ ޗެކިން ސިސްޓަމް ޓެސްޓުކޮށްފި

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ އާ ޓާމިނަލްގެ ޗެކިން ސިސްޓަމް ޓެސްޓުކުރުން ކުރިއަށް ގެންގޮސްފިއެވެ.

މޯލްޑިވްސް އެއާޕޯޓް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)އިން މިއަދު ބުނީ ޗެކިން ސިސްޓަމްގެ ޓެސްޓަކީ ޓާމިނަލުގެ ހިދުމަތްތަކާއި އިކުއިޕްމަންޓް އަދި މެޝިނަރީސް ޓެސްޓުކުރުމާއި އެތަނުގެ މައިގަނޑު ހަރަކާތްތެރީންގެ ގޮތުގައި ހިމެނޭ އިންސާނީ ވަސީލަތް ތަމްރީނުކުރުމުގެ އިތުރުން ކުރިއާއި ފަހަށް މުޅި ޓާމިނަލް ތައްޔާރުކުރުމަށް ކުރިއަށް ގެންދާ އޮޕަރޭޝަނަލް ރެޑިނެސް, އެއާޕޯޓް ޓްރާންސްފާ (އޮރާޓް) ޕްރޮސެސްގެ ތެރެއިން ކުރިއަށް ގެންދިޔަ ކަމެއް ކަމަށެވެ.

އެ ޓެސްޓު ތަކުގެ ކުރިއަށް ގެންގޮސްފައިވަނީ އެމްއޭސީއެލްގެ މުވައްޒަފުން ބޭނުންކޮށްގެންކަމަށް އެމްއޭސީއެލުން ބުންޏެވެ. މި ޓެސްޓުގެ ތެރެއިން މޯލްޑިވިއަންގެ ސިސްޓަމްތަކާއި ބޯޑިން ފާސްތައް ޕްރިންޓް ކުރާ ސިސްޓަމްތައް ރަނގަޅަށް މަސައްކަތް ކުރާކަން ކަށަވަރުކޮށް އާ ޓާމިނަލްގެ އިންފޮމޭޝަން ޓެކްނޮލޮޖީއާ ގުޅޭ ކަންކަންވެސް ޓެސްޓުކޮށްފައިވާނެ ކަމަށް އެމްއޭސީއެލުން ބުންޏެވެ.

އެމްއޭސީއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހީމް ޝަރީފު މުހައްމަދު ވަނީ މިއަދުގެ ޓެސްޓުތައް ކުރިއަށް ދިޔަ ގޮތް ބައްލަވައިލައްވައި, އެކަމުގައި އަމަލީ ގޮތުން ބައިވެރިވެވަޑައިގެންފައިކަމަށް އެމްއޭސީއެލުން ބުންޏެވެ.

އެގޮތުން މިއަދުގެ ޓެސްޓުގައި އެންމެ ފުރަތަމަ ޓެސްޓުގައި ފަސިންޖަރެއްގެ ގޮތުގައި ޗެކިންވެވަޑައިގަތީ ޝަރީފު ކަމަށްވެސް އެމްއޭސީއެލުން ބުންޏެވެ.

ވީއައިއޭގެ އާ ޓާމިނަލް ހުޅުވުމަށް މިމަހު 26 ގަ އެވެ.

 

 

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު