އާދިއްތަ, November 8
ބޭރަށް ހިންގުމާއި ހޮޑުލުމުގެ 3763 ކޭސް ރިޕޯޓްކޮށްފި
ބޭރަށް ހިންގުމާއި ހޮޑުލުން އަދި އިންފްލުއެންޒާ ޖެހިގެން ރިޕޯޓް ކުރެވުނު މިންވަރު އިތުރުވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ(އެޗްޕީއޭ)ގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. އެހެން ކަމުން ރޯގާގެ ގޮތުގައި ފެތުރޭ މިފަދަ ބަލިތަކުން ރައްކާތެރިވުމަށްޓަކާއި ކެއުމުގެ ކުރީންނާއި ކާބޯތަކެތި ތައްޔާރުކުރުމުގެ ކުރިން ސައިބޯނިލައިގެން ރަނގަޅަށް އަތްދޮވުމަށާއި، ފާހާނާ ކުރުމަށްފަހުގައާއި ނެޕީ ބަދަލުކުރުމަށްފަހު ސައިބޯނިލައިގެން ރަނގަޅަށް އަތްދޮވުމަށާއި، ކާބޯތަކެތި ރަނގަޅަށް ކައްކައިގެން ބޭނުންކުރުމާއި ރޯ ތަރުކާރީއާއި މޭވާ ރަނގަޅަށް ދޮވެގެން ބޭނުން ކުރުން މުހިއްމުކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ. އަދި ގޭގައި ކާބޯތަކެތި ރައްކާކުރާއިރު ރައްކާކުރާތަނަކީ ސާފު ތާހިރު ތަނެއްތޯ ބެލުމާއި، ކާބޯތަކެތި ތައްޔާރުކުރާ ތަންތަނާއި ތަކެތި ރަނގަޅަށް ދޮވެ ސާފުކުރުމަށާއި، ކެއުމުގައި ވީހާވެސް ތާޒާ ކާނާ ބޭނުންކުރުމާއި ކާބޯތަކެތި ހަލާކުނުވާނޭހެން ރައްކާކުރުން މުހިއްމުކަމަށްވެސް އެޗްޕީއޭއިން ވިދާޅުވެއެވެ. އެޗްޕީއޭއިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، ޖޫންމަހުގެ 15 ވަނަ ދުވަހުން ފެށިގެން މި ހިންގާ ޖުލައި މަހުގެ 5 ވަނަ ދުވަހާއި ހަމައަށް، ބޭރަށް ހިންގުމާއި ހޮޑުލުމުގެ ސަބަބުން މުޅި ޖުމްލަ 3763 ކޭސް އެޗްޕީއޭއަށް ވަނީ ރިޕޯޓްކޮށްފައެވެ. މީގެ ތެރޭއިން 2370 ކޭސް ރިޕޯޓްކޮށްފައިވަނީ މާލެ ސަރަހައްދުންނެވެ.
ބޭރަށް ހިންގުމާއި ހޮޑުލުން – މުޅި ރާއްޖެ

• ހަފްތާ 25 – 1109 ކޭސް • ހަފްތާ 26 – 1107 ކޭސް • ހަފްތާ 27 – 1547 ކޭސް

ބޭރަށް ހިންގުމާއި ހޮޑުލުން – މާލެ ސަރަހައްދު

• ހަފްތާ 25 – 561 ކޭސް • ހަފްތާ 26 – 728 ކޭސް • ހަފްތާ 27 – 1081 ކޭސް

ތަފާސްހިސާބުތައް ދައްކާގޮތުން، ނިމިދިޔަ ޖޫންމަހުގެ 15ވަނަ ދުވަހުން ފެށިގެން މި ހިންގާ ޖުލައި މަހުގެ 5ވަނަ ދުވަހާއި ހަމައަށް، ރޯގާގެ ގޮތުގައި ފެތުރޭ އިންފްލުއެންޒާ ބައްޔަށް ބަލާއިރު، މި މުއްދަތުގައި އިންފުލުއެންޒާގެ 239 ކޭސް މުޅިރާއްޖެއިން ރިޕޯޓްކުރެވިފައިވެއެވެ. އަދި މީގެ ތެރެއިން މާލެ ސަރަހައްދުން 228 ކޭސް ވަނީ ރިޕޯޓް ކުރެވިފައެވެ.

އިންފްލުއެންޒާ – މުޅި ރާއްޖެ

• ހަފްތާ 25 – 45 ކޭސް • ހަފްތާ 26 – 86 ކޭސް • ހަފްތާ 27 – 108 ކޭސް

އިންފްލުއެންޒާ – މާލެ ސަރަހައްދު

• ހަފްތާ 25 – 37 ކޭސް • ހަފްތާ 26 – 85 ކޭސް • ހަފްތާ 27 – 106 ކޭސް

ރޯގާގެ ގޮތުގައި ފެތުރޭ މިފަދަ ބަލިތަކުން ރައްކާތެރިވުމަށްޓަކާއި ކެއުމުގެ ކުރީންނާއި ކާބޯތަކެތި ތައްޔާރުކުރުމުގެ ކުރިން ސައިބޯނިލައިގެން ރަނގަޅަށް އަތްދޮވުމަށާއި، ފާހާނާ ކުރުމަށްފަހުގައާއި ނެޕީ ބަދަލުކުރުމަށްފަހު ސައިބޯނިލައިގެން ރަނގަޅަށް އަތްދޮވުމަށާއި، ކާބޯތަކެތި ރަނގަޅަށް ކައްކައިގެން ބޭނުންކުރުމާއި ރޯ ތަރުކާރީއާއި މޭވާ ރަނގަޅަށް ދޮވެގެން ބޭނުން ކުރުން މުހިއްމުކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު