އާދިއްތަ, November 8
ދިލްބަހާރު މަގު ސަރަހައްދުން 31 ބިދޭސީން ހައްޔަރުކޮށްފި
ދިލްބަހާރު މަގު ސަރަހައްދުން 31 ބިދޭސީން ހައްޔަރުކޮށްފިއެވެ. މޯލްޑިވްސް އިމިގްރޭޝަނުން މައުލޫމާތު ދިން ގޮތުގައި ގިނަ އަދަދަކަށް ރިޕޯޓު ލިބިފައިވާ، މާލޭގެ ދިލްބަހާރުމަގުގައި ހިމެނޭ ބިދޭސީންގެ ނުފޫޒު ބޮޑުކަމަށް ބެލެވޭ ވިޔަފާރިތައް ހިންގާ ތަންތަން އިއްޔެ ވަނީ ބަލައިފާސްކޮށްފައެވެ. މި އޮޕަރޭޝަނުން، އެ ތަންތަނުގައި ގަވާއިދާ ހިލާފަށް އުޅެމުންދިއަ 31 ބިދޭސީން ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެވިފައެވެ. މިދިޔަ މަހުގެ ތެރޭގައި ވެސް 13 ބިދޭސީން އިމިގްރޭޝަނާ ހަވާލުކޮށްފައިވާކަން މާލެ ފްރަންޓްލައިން ޕޮލިސިންގެ ޑިޕާރޓްމަންޓުތަކުގެ ތަފާސްހިސާބުތަކުން ދައްކައެވެ. ޤަވައިދާ ޚިލާފަށް އުޅޭ ބިދޭސީން ދެނެގަތުމަށް ކުރެވޭ މަސައްކަތުގެ ދަށުން މި އަހަރުގެ ޖޫން މަހުގެ ނިޔަލަށް 2022 މީހުން އަނބުރާ ޤައުމަށް ފޮނުވާލާފައިވާކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ވިދާޅުވިއެވެ. އަދި 17 ނޮވެމްބަރ 2023 އިން ފެށިގެން މި އަހަރުގެ ޖޫން މަހުގެ ނިޔަލަށް 7635 މީހުން ޑީޕޯޓްކޮށްލާފައިވާކަމަށެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު