އާދިއްތަ, November 8
ހުޅުމީދޫގައި ހިންގި މާރާމާރީއެއްގައި މީހަކަށް އަނިޔާވެއްޖެ

އައްޑޫ ސިޓީ ހުޅުމީދޫގައި މީހަކަށް ހަމަލާދީ މާރާމާރީ ހިންގައިފި އެވެ.

މާރާމާރީގައި އަނިޔާވީ ކުރީގެ ފުލުހަކަށެވެ. ދިވެހި ފުލުހުންގެ ޚިދުމަތުން ބުނީ ހުޅުމީދޫގައި ބަޔަކު, މީހެއްގެ ގައިގައި ޖަހާ މާރާމާރީ ހިންގި މައްސަލަ ރޭގެ ވަގުތެއްގައި ފުލުހަށް ހުށައަޅާފައިވާ ކަމަށެވެ.

މި މާރާމާރީ ގައި އަނިޔާވި މީހާއަށް ސީރިއަސް އަނިޔާއެއް ނުވާ ކަމަށް ވެސް ބުންޏެވެ. އަދި ބުނީ ފަރުވާ ދިނުމަށް ފަހު މިހާރު އޭނާ ދޫކޮށްލާފައިވާ ކަމަށެވެ.

މި މައްސަލަ  ފުލުހުން އަންނަނީ ތަހްގީގު ކުރަމުންނެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު