Saturday, October 31
ހުއްދަނެތި އޭވިއޭޝަން ތަމްރީނުދޭ މައްސަލަތަކެއް މިނިސްޓްރީގެ ސަމާލުކަމަށް!

އޭވިއޭޝަން ދާއިރާގައި މަސައްކަތްކުރާ މުވައްޒަފުން ހުއްދަ ނުނަގައި އޭވިއޭޝަން ސެކިއުރިޓީ ތަމްރީނު ދޭތީ ޑިފެންސް މިނިސްޓްރީން އެކަން އާއްމުންގެ ސަމާލުކަމަށް ގެނެސްފި އެވެ.

އޭވިއޭޝަން ސެކިއުރިޓީ ތަމްރީނުތައް ދޭ މަރުކަޒުތަކާއި އޭވިއޭޝަން ސެކިއުރިޓީ ތަމްރީނު ޕްރޮގްރާމްތަކާއި ކިޔަވައިދޭ މީހުން ވެސް ޑިފެންސް މިނިސްޓްރީން ހުއްދަ ނަގަން ޖެހެ އެވެ.

ދިވެހިރާއްޖޭ މަދަނީ އުދުހުމުގެ ދާއިރާގެ ހިމެނޭ ތަންތަނުގެ ސަލާމަތާއި ރައްކާތެރިކަމުގެ ޤަވާއިދާއި އުސޫލްތައް ހަދާ، ޑިރެކްޓޮރޭޓް އޮފް އޭވިއޭޝަން ސެކިއުރިޓީ އެޑްމިނިސްޓްރޭޝަން (ޑާސާ) އޮންނަނީ، ދިފާޢީ ވުޒާރާގެ ދަށުގައެވެ. ޑާސާއިން އާންމުކޮށްފައިވާ އެ ވުޒާރާގެ ސާކިއުލާގައި މިފަހަކަށް އައިސް މަދަނީ އުދުހުން ތަކުގެ ދައިރާގެ ސެކިއުރިޓީ ކޯސްތައް ބައެއް ފަރާތްތަކުން ނަގަން ޖެހޭ ހުއްދަތައް ނުނަގައި ހިންގަމުންދާ ކަމުގެ ކަންބޮޑުވުން ވަނީ ފާޅުކޮށްފައެގެ.

ދިފާޢީ ވުޒާރާގެ ސްޓޭޓް މިނިސްޓަރ މުޢާޒް ހަލީމް ސޮއިކުރައްވާ ނެރެފައިވާ ސާކިއުލާގައި ވިދާޅުވީ، ރާއްޖޭގެ މަދަނީ އުދުހުމުގެ ދާއިރާގައި ޝާމިލްވާ ފަރާތްތަކަށް ދޭން ޖެހޭ ތަމްރީނުތައް ދިނުމާއި އެކަން ކުރުމަށް އެވުޒާރާއިން ނަގަން ޖެހޭ ހުއްދަތައް ހިމޭނޭ ގޮތަށް އެވުޒާރާއިން އެކުލަވާލާފައިވާ ނޭޝަނަލް ސިވިލް އެވިއޭޝަން ސެކިއުރިޓީ ޓްރެއިނިން ޕޮލިސީ ބަޔާން ކޮށްފައިވާނެ ކަމަށެވެ. ދިފާޢީ ވުޒާރާއިން ވިދާޅުވީ ރާއްޖޭގައި އޭވިއޭޝަން ސެކިއުރިޓީ މުވައްޒަފުންނަށް ތަމްރީނު ދޭ މަރުކަޒުތަކާއި އެ މަރުކަޒުތަކުގައި ކިޔަވައިދޭ މުދައްރިބުން ވުޒަރާގެ ހުއްދަ ނަގަން ޖެހޭ ކަމަށެވެ.

ނަމަވެސް މި ހުއްދަތައް ނެގުމަކާއި ނުލައި މި ސިނާއަތުގައި ޝާމިލްވާ ބައެއް ފަރާތްތަކުން މިފަދަ ތަމްރީނުތައް ހިންގަމުންދާ ކަމަށް ދިފާޢީ ވުޒާރާއިން ވިދާޅުވިއެވެ. އެހެން ކަމުން ކަނޑައެޅިފައިވާ ސިޔާސަތާއި ޚިލާފަށަ ހިންގާ ޕްރޮގްރާމްތަކުގެ ސެޓްފިކެޓް ބަލައި ނުގަންނާނެ ކަމަށް ދިފާއީ ވުޒާރާއިން ވިދާޅުވެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު